22 މެއި 2024 - 10:38

ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ސަސްޕެންޑުކޮށްފި އެވެ.
އެ މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް އިން އިސްމާއިލް އަޒްމީން ވިދާޅުވީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރައީސް އޮފީހުން ޝިފާޒު ސަސްޕެންޑުކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ.
ނަމަވެސް، ސުލޫކީ މިންގަނޑާ ހިލާފުވީ ކޮން ކަމެއް ކޮށްގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި އޭނާ ސަސްޕެންޑުކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް އަދި ނޭނގެ އެވެ.
ޝިފާޒު އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު 24 ގަ އެވެ.
ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ޝިފާޒު ސަސްޕެންޑުކުރިއިރު، އިންޑިއާ ސަރުކާރާ ދެކޮޅަށް ފާޑުކިޔައިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް މިދިޔަ ޖެނުއަރީ މަހު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ތިން ބޭފުޅުން އަދި ވެސް ތިއްބެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގަ އެވެ.