ވައިބާރުވެ، ކަނޑު ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް އޮރެންޖު އެލާޓް!
ވައިބާރުވެ، ކަނޑު ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް އޮރެންޖު އެލާޓް!

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑު ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓް ނެރެފި އެވެ.

ވައިބާރުވެ، ކަނޑު ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް އޮރެންޖު އެލާޓް!
ވައިބާރުވެ، ކަނޑު ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް އޮރެންޖު އެލާޓް!

މިރޭ 20:30 އާ ހަމައަށް އޮރެންޖު އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.

މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިވަގުތު ގަޑިއަކު 36 މޭލާއި 42 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ އެވެ.

ގަދަ ވައިގެ އަސަރު މާލެއަށް ވެސް ކުރަމުން އަންނައިރު، ބައެއް ގަސްތަކުގެ ގޮފިތައް ވެއްޓުމުގެ އެކި ހާދިސާތައް ދަނީ ހިނގަމުންނެވެ.

އެގޮތުން، ވެލާނާގެ ކުރިމަތީގައި ހުރި ގަހެއް ވެއްޓި، ދުއްވާފައި ދިޔަ ސައިކަލަކަށާއި ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް ތިން ދުވަހުގެ މޫސުން ވެސް ގޯސްވާނެ އެވެ. އެ އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ ހުކުރު ދުވަހު ވަނީ ފެށިފަ އެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާއިރު، އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭނެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މި ހަފުތާގައި އިންޒާރު ވެސް ދީފަ އެވެ.