21 މެއި 2024 - 10:53

ދިރާސީ އާ އަހަރާ ގުޅިގެން ދިރާގުން "ބެކް ޓު ސްކޫލް" ހާއްސަ އޮފާތަކެއް ލޯންޗުކޮށްފި އެވެ.
ދިރާގުން މި އޮފާގެ ދަށުން އެ ކުންފުނިން ވަނީ އާ ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓާ އަދި ހިލޭ ސެޓް އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.
މިމަހުގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފާ ދިރާގުގެ ކޮންމެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށް ވެސް ލިބޭނެ އެވެ. ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ ކުދިންނަށާއި މަސައްކަތްކުރާ ޓީޗަރުންނަށް ވެސް ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް މެދު ނުކެނޑި ފޯރުކޮށްދިނުމެވެ.