މާލޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މާލޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއަކުން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް މިއަދު 2:20 ހާއިރު ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ފެނުނީ މ. ރަބީއުވިލާ ގެއިންނެވެ. އަދި އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ކާކު ކަމެއް ފުލުހުން އަދި ނުބުނެ އެވެ. ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ހަފްތާ ތެރޭގައި ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވެހިކަލެއް ތެރޭ ބިދޭސީއަކު މަރުވެފައިވާ އޮއްވައި ވެސް ފެނުނެވެ.