ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!
ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!

"އިގްތިސާދު ރަނގަޅު ކުރުމަށް ރާއްޖެ އަށް އޮތް ހައްލަކީ، ފަހަތަށް ޖެހިލައިފައި ހަރަދުތައް ކުޑަ ކުރާނެ ގޮތްތައް ހޯދުން،" ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ދެއްވި ޕްރެޒެންޓޭޝަން ނިންމަވާ ލައްވަމުން ވޯލްޑް ބޭންކްގެ އިކޮނޮމިސްޓް އާޑަމް އޭޓަސް އިއްޔެ ވިދާޅުވި އެވެ.

ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!
ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!

އިއްޔެ ވޯލްޑް ބޭންކުން ނެރުނު މުޅި ރިޕޯޓު ބިނާކޮށްފައި ރާއްޖެ އިން ހަރަދުތައް ކުޑަ ކުރުމުގެ މައްޗަށެވެ. ރިޕޯޓުގެ ޓައިޓަލް އަކީ ވެސް "ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް" އެވެ.

ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!
ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!

އާޑަމް އޭޓަސް ވިދާޅުވީ، ސަރުކާރުން އެކުލަވާލައިފައިވާ ރިޕޯމްތަކަށް އަމަލުކުރަން ފެށި ނަމަވެސް، މެދު ރާސްތާގައި ރާއްޖޭގެ ބަޖެޓު ޑެފިސިޓް ބޮޑު ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރާ ކަމަށެވެ. ބަޖެޓު ޑެފިސިޓް ގާތްގަނޑަކަށް 11 ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާ ކުރާ އިރު މި އަހަރު ސަބްސިޑީ ދޭ ގޮތްތައް ބަދަލު ކޮށްފި ނަމަ، އަނެއްކާ ވެސް ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެން ދައްކުވައިދެނީ ހަރަދުތައް ހަމަޖައްސަން އިތުރު ރިފޯމްތައް ބޭނުންވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!
ތަޖުރިބާކާރުންގެ ލަފާ: ހަރަދު ކުޑަކޮށްލާ، ފަހަތަށް ޖެހިލުން ނޫން ގޮތެއް ނެތް!

ރާއްޖޭގެ ކަރެންޓް އެކައުންޓް ޑެފިސިޓް ވެސް އިތުރަށް މައްޗަށް ދާނެ ކަމަށް ލަފާ ކުރާ ކަމަށާއި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ވެސް އިގްތިސާދީ ހާލަތު ބަދަލު ކުރުމަށް އިތުރަށް ރިފޯމް ބޭނުންވާކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"2026 ވަނަ އަހަރުގެ ދަރަނި އަދާ ކުރަން ބޮޑު ހޭދައެއް އެބަ ކުރަން ޖެހޭ. އެކްސްޓާނަލް ޑެޓް އާއި މާލީ ގޮންޖެހުންތަކަކީ ރާއްޖެ އަށް އޮތް އެންމެ ބޮޑު ގޮންޖެހުން. ދަރަނި އަދާ ކުރަން ވޭތުވެދިޔަ ތިން އަހަރު ހޭދަކުރީ ގާތްގަނޑަކަށް 250-300 މިލިއަން ޑޮލަރު. އެކަމަކު މި އަހަރުން ފެށިގެން ކޮންމެ އަހަރަކު އެބަ 500 މިލިއަން ޑޮލަރު ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭ. އަދި 1.1 ބިލިއަން ޑޮލަރު (17 ބިިލިއަން ރުފިޔާ، 2026 ގައި) އެބަ ދައްކަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަރަނި އަދާ ކުރަން އެހާ ބޮޑު އަދަދުތަކެއް ހުރި އިރު، އިތުރު ކާރިސާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ގައުމަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބޮޑުވެ، ސަރުކާރުން އެ ކުންފުނިތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ޕްރޮޖެކްޓްތައް ހިންގާވަރު އިތުރުވުމަކީ ވެސް މާލީ ގޮތުން ގައުމަށް އޮތް އިތުރު ދަތިތައް ކަމަށެވެ.

ވޯލްޑް ބޭންކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ އިގްތިސާދީ ހާލަތު ކިޔައިދެއްވަމުން އެންމެ ވިދާޅުވީ ހަރަދުތައް ކުރުމުގައި މި ވަގުތު ފަހަތަށް ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަމަށެވެ.

"މިއީ ފިޔަވަޅެއް ފަހަތަށް ނަގަން ޖެހޭ ވަގުތު. ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު އިގްތިސާދު ބަދަލުވި ގޮތް ބަލަން ޖެހޭ. ކޮވިޑުގެ ތެރޭގައި އިގްތިސާދު 34 ޕަސެންޓަށް އަޑިއަޅާލި. އޭރުގެ ސަރުކާރުން އެޅި [އެގްރެސިވް] ސިޔާސަތަކުގެ ސަބަބުން އޭގެ އަނެއް އަހަރު އިގްތިސާދު ވަނީ 37 ޕަސެންޓަށް ކުރިއަށް ޖެހިފައި. އެކަމަކު އެ ކުރިއެރުމާ އެކު ސަރުކާރުން އެކި ދާއިރާތަކަށް ހަރަދުކުރަން ނިންމި ސިޔާސަތުތަކަކީ ވަރަށް ޑިޒާސްޓްރަސް [ގެއްލުން ބޮޑު] ސިޔާސަތުތަކެއް،" އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަންޏަށް 68 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ކޮވިޑްގެ ދުވަސްވަރު ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ދަރަނި އިތުރުވި އިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާގެ އަދަދު ވެސް ދަށްވި ކަމަށެވެ. އޭގެ ސަބަބަކީ ޑޮލަރުން ހުރި ފަންޑު ދިވެހި ރުފިޔާ އަށް ބަދަލު ކުރުމެވެ. ސާއިދު ވިދާޅުވީ، އޭރުގެ ސަރުކާރުން އެކަން ކުރީ، 2017 ވަނަ އަހަރު ނެގި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑު" ބޮންޑު ދައްކަން ކައިރިވެފައި އޮތް ވަގުތެއްގައި ކަމަށެވެ. އެ ފަންޑުގައި އޭރު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ހުރި ނަމަވެސް އެ ފައިސާ ރުފިޔާއަށް ބަދަލު ކުރުމުން އެސްޑީއެފް މެދުވެރިކޮށް ބޮންޑު ނުދެއްކި އިތުރު ސުކޫކެއް ނަގަން ޖެހުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭރު އެ ނިންމި ނިންމުންތަކުގެ ސަބަބުން 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ދެއްކުމާ މެދު ވިސްނަން ޖެހިފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ސާއިދު ވިދާޅުވީ، މާލީ ހާލަތު އެހާ ބޮޑަށް ދަށަށް ދާން ޖެހުނީ ކޮވިޑަށް ފަހު 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން ކަމަށެވެ. އޭރު ނެގި 500 މިލިއަން ޑޮލަރު ބަޖެޓު ޑެފިސިޓަށް ހަރަދު ކުރުމުން އޭގެ ނުރައްކާތެރި ރިސްކުތައް އިގްތިސާދަށް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނެތް ފައިސާއިން އެއް އަހަރުން އަނެއް އަހަރަށް ޑެފިސިޓް ބޮޑު ކުރަމުން ދިއުމުން މުޅި އިގްތިސާދަށް އެކަމުގެ ހިތި އަސަރު މިވަނީ ކުރަން ފަށައިފައި ކަމަށާއި މިހާރު ވެސް ދައުލަތުގެ ކޭޝް ފްލޯ ވަރަށް ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރިހާ ވެސް މައްސަލަ އަކީ ބަޖެޓު ޑެފިސިޓް ބޮޑު ކުރުމެވެ. މި އަހަރު ވެސް ބަޖެޓް ހަރަދުތައް ހަމަޖައްސަން އިތުރަށް 17 ބިލިއަނެއްހާ ރުފިޔާ ހޯދަން ޖެހެ އެވެ. ރާއްޖެއަކީ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ހިންގުމުގައި "އައިއެމްއެފް އިން ބުނަނީ ޗެމްޕިއަން" އެއް ކަމަށް ސާއިދު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އެކަން އޭނާ ފާހަގަކުރެއްވީ، ދައުލަތަށް ނުތަކާ ވަރަށް އެހާ ގިނަ މަޝްރޫއުތައް ހިންގާތީ އެވެ. ބަޖެޓުގެ ގާތްގަނޑަކަށް 12 ޕަސެންޓް ޕީއެސްއައިޕީ އަށް ހޭދަކުރާ އިރު ވެސް އާމްދަނީ އިތުރު ކުރެވޭނެ ކަންކަން ކުރެވިފައެއް ނުވެ އެވެ.

ވޯލްޑް ބޭންކްގެ ސީނިއާ އިކޮނޮމިސްޓް އަރްވިންދު ނާއިރު ވެސް ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ ޕީއެސްއައިޕީ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑުގައި އިތުރުވެފައިވާ ކަމަށާއި އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި މަޝްރޫއުތައް މަދު ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ހާލަތުގައި ރިފޯމް ގެންނަން ރައްޔިތުން ވެސް ބޭނުންވާކަން އާ ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ރިފޯމް ބޭނުންވާ ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށާއި އެކަން ކުރަން ތައްޔާރު ކަމަށެވެ.

ސާއިދު ވިދާޅުވީ، ރިފޯމް ގެންނަން ބޭނުންވާ އެންމެ ބޮޑު އެއް ބޭނުމަކީ، ހަމައެކަނި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުން ނޫން ކަމަށެވެ. އެހެން ނަމަވެސް، ދައުލަތުގެ އެހީ ބޭނުންވެފައިވާ މީހުންނަށް ވެސް، މިހާރަށް ވުރެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ސަބްސިޑީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ އެންމެ މުއްސަނދިން. ސަރުކާރާ ގުޅުން ބޮޑު ފަރާތްތަކަށް އާސަންދަ އާއި އެންސްޕާ މި ލިބެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ސަބްސިޑީ ރިފޯމް ކޮށްގެން، ސަރުކާރުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ނިކަމެތިންނަށް މިހާރަފަށް ވުރެ ފަސޭހައިން އެހީ ލިބޭނެ މަގު ތަނަވަސް ކުރާނެ ކަމަށެވެ. އެއީ ރިފޯމް ގެނައުމުގައި އެންމެ ބޮޑަށް އިސްކަން ދޭނެ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ ރިފޯމަށް 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ ފައިސާ އަކީ ސަބްސިޑީ އެންމެ ބޭނުންވާ ފަރާތްތަކަށް ދޭން ކަނޑައަޅާފައިވާ އަދަދެކެވެ.

ސާއިދު ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ރަނގަޅު ނަމަވެސް، ވަކި ހާލަތެއް ދިމާވެ، އިތުރު އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެ މީހަކަށް ވެސް އެހީވާނެ ގޮތްތަކެއް ވެސް ހޯދާނެ ކަމަށެވެ.

ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް އޮފީހެއް ހަދަން ނިންމާފައި ވަނީ، މިހާރަށް ވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަރަނި ދެއްކުމަށް ކަމަށް ސާއިދު ވިދާޅުވި އެވެ. އަދި އެ އޮފީހަށް ގާނޫނީ ބާރުތައް ދިނުމަށްޓަކައި ޑެޓް މެނޭޖްމެންޓް ބިލެއް މަޖިލީހަށް ވައްދާނެ ކަމަށް ސާއިދު ވިދާޅުވި އެވެ.

"އެ ބިލްގައި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެއްކުމަށް މިހާރަށް ވުރެ ސާފު ސިޔާސަތުތަކެއް ކަނޑައަޅާނަން. އަދި އެސްޑީއެފް އަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ޑެޓް މެނޭޖް ކުރުމާ ބެހޭ ގާނޫނެއް އެކުލަވައިލާ އިރު، އެކަން ކުރާނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަމަށާއި މާލީ ދާއިރާއިން ގެންނާނެ އިސްލާހީ ބަދަލުތައް ކޮންމެ ސަރުކާރަކަށް ވެސް އާންމުންނާ ހިއްސާ ކުރަން ޖެހޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ވޯލްޑް ބޭންކްގެ އިވެންޓްގައި ވާހަކަދެއްކެވި ހުރިހާ އިގްތިސާދީ ތަޖުރިބާކާރުން ވެސް އެއްބަސްވެ ވަޑައިގަތް ކަމަކީ ގައުމުގެ އިގްތިސާދާއި ފައިސާގެ ސިޔާސަތު ހަމައެކެން އެޅެން އޮތީ ހަރަދު ކުޑަކޮށްގެން ކަމެވެ. އެ ބޭފުޅުން ބުރަވެ ވަޑައިގަތް މައިގަނޑު އެއް ވާހަކައަކީ، ބޮޑެތި ދަރަނިތަކެއް ހުއްޓާ އެ ދަރަނި ދެއްކޭނެ ފައިސާ ގައުމުގައި ހިފަހައްޓަން، މަޝްރޫއުތައް މި ވަގުތަށް މަޑުޖައްސާލަން ޖެހޭ ކަމެވެ.