20 މެއި 2024 - 10:51

އުމުރުން 30 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ވީ ގޮތެއް ނޭނގިގެން، ހޯދަމުން އަންނަނީ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން 30، އެވެ.
ފުލުހުން ބުނީ އާއިލާއަށް ހަބަރެއްނުވެން ރިޕޯޓުކޮށްފައިވާތީ އައިމަން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16ވަނަ ދުވަހުގެ ރޭގަނޑު 9:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް ވެސް ފުލުހުން އެދެ އެވެ.