20 މެއި 2024 - 10:39

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ކަޔަކެއްގައި ގެއްލުނު މީހާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަފެލްސް ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހާ ފެނުނީ، ގއ. އަތޮޅުގެ ރިސޯޓަކަށް މިއަދު އަރާ ހުއްޓާ ކަމަށެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް ބުންޏަސް، އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެހެންވެ، އެ މީހާއަށް ވީ ކިހިނެއް ކަމެއް އަދި ސަލާމަތްވި ގޮތެއް ނޭނގެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ އިއްޔެ މެންދުރު ފަހު 3:30 ހާއިރެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަމާގުޅޭ ފަރާތްތަކުން ވަނީ ކަނޑުދަތުރު ކުރާއިރު ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.