ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

"އެޖެންޑާ 19 ތަފާތު ވާނެ."

ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

މިއީ ރަބަރު ސްޓޭމްޕް ޖަހާ މަޖިލީހަކަށް ނުވުމަށާއި ތިން ބާރުގެ އިން ވަކިކޮށް ކޯޓުތައް މިނިވަން ކުރުމަށާއި ރައްޔިތުންގެ އަޑު އިއްވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަ ދިނުމަށް އެމްޑީޕީން މީގެ ފަސް އަހަރު ކުރިން ދެއްކި ވާހަކަ އެވެ.

ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

އެ ތަފާތު، މަޖިލިސް ހިންގަން ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއް ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލުކުރެވޭ ވަރުގެ ބޮޑު ބާރެއް ރައްޔިތުން ދިނެވެ. މަޖިލީހުގެ 80 މެންބަރުންގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ނެގި އެވެ.

ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

އެ މެޖޯރިޓީ ގެއްލުވާ ނުލައި މިދިޔަ ހަފްތާގައި 19 ވަނަ މަޖިލިސް ނިންމާލަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި މި ނިމިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ދިގު ތާރީހުގައި ވެސް އެންމެ ގިނަ މަސައްކަތް ކުރި މަޖިލީހެވެ.

ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

"އަޅުގަނޑު ވަރަށް އުފަލާއި އަދި އެހާމެ ފަހުރުވެރިކަމާއެކު ފާހަގަ ކޮށްލަން ބޭނުންވޭ 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހެއް އުފެދި މި ވޭތުވެދިޔަ 92 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މި 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން މި ދަނީ މި ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލީހަށް." އަސްލަމް ވިދާޅުވި އެވެ.

ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

އެކަމަށް ބާރު ދެއްވައި އަސްލަމް ބައެއް ތަފާސްހިސާބުތަކެއް ވެސް ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ތެރޭގައި 530 ޖަލްސާއެއް ބޭއްވި އެވެ. އަދި ޖަލްސާތަކުގައި 1461 ގަޑިއިރު ހޭދަ ކުރި އެވެ. އަދި 3784 ކޮމިޓީ ބައްދަލުވުމަށް 4434 ގަޑިއިރު މެންބަރުން ހޭދަ ކުރެއްވި ކަމަށް އަސްލަމް ވިދާޅުވި އެވެ.

ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

އެ މުއްދަތުގައި މަޖިލީހަށް 178 ބިލާއި 73 ގަރާރާއި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްސަލަ އާއި މެންބަރުން ހުށަހެޅުއްވި 48 މައްސަލަ އާއި އެކި މައްސަލަތަކާއި ގުޅޭ 153 ރިޕޯޓު އަދި ވަޒީރުންނާ 384 ސުވާލު ކުރެވުނު ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!
ތަފާސްހިސާބުން: އެޖެންޑާ 19 ވަކި ތަފާތެއް ނުވި!

އަސްލަމް ދެކިވަޑައިގަންނަވާ ގޮތުގައި 19 ވަނަ މަޖިލީހުން ވަނީ ރެކޯޑެއް ހަދައިފަ އެވެ. އަދި އެ ވިދާޅުވި ތަފާތު ދައްކައިފަ އެވެ. އެހެން ނަމަވެސް ވަކިވަކި މެންބަރުން ކުރި މަސައްކަތާއި މަޖިލީހުގައި ޖުމްލަކޮށް މަސައްކަތްތައް ދިޔަ ގޮތަށް ބަލައިލުމުން ފެންނަނީ އެހެން މަންޒަރެކެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ހުރިހާ މެންބަރުން ވެސް މަޖިލީހުގެ ތަޅުމުގައި ބަހުސްގައި ބައިވެރިވުމާއި ވަޒީރުންނާ ސުވާލު ކުރުން ފަދަ މަސައްކަތްތަކެއް ކުރި ނަމަވެސް އިސްވެ އެއްވެސް މައްސަލައެއް ހުށަނާޅާ، އެއްވެސް ބިލެއް ސްޕޮންސާ ނުކޮށް އަދި އެއްވެސް ވަޒީރަކަށް ސުވާލެއް ކުރަން ހުށަނާޅާ ހަ މެންބަރަކު އެބަ ތިއްބެވެ.

އެއީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަލީ އާދަމް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒް އާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހަންމަދު އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.

މީގެ ތެރެއިން ބޮޑު ދެ ވިޔަފާރިވެރިން ކަމަށްވާ ސަލީމް އާއި ސިޔާމް އަދި ގަފޫރު ފިޔަވައި އެހެން އެއްވެސް މެންބަރަކު އިތުރު ދައުރަކަށް އިންތިހާބެއް ވެސް ނުވެ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި މަޖިލީހަށް އަމިއްލަ އަށް ފަސް ހުށަހެޅުން ހުށަނާޅުއްވާ 38 މެންބަރަކު ތިއްބެވެ. އޭގެ ތެރޭގައި ފަސް އަހަރުގެ ތެރޭގައި އެއް ބިލު ސްޕޮންސާ ކުރެއްވި މެންބަރުންނާއި އެއް ގަރާރު ހުށަހެޅުއްވި މެންބަރުން ހިމެނެ އެވެ.

މަޖިލީހުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ވަކިވަކި މެންބަރުން ކުރި މަސައްކަތްތަކުގެ މައުލޫމާތަށް ބަލާއިރު ތަޅުމުގައި އެއްވެސް މަސައްކަތެއް ނުކުރައްވާ ހަ މެންބަރުންނާއި އެންމެ މަސައްކަތެއް ކުރެއްވި ހަތަރު މެންބަރަކާއި ދެ މަސައްކަތް ކުރެއްވި ހަތް މެންބަރަކާއި ތިން ހުށަހެޅުން ހުށަހެޅުއްވި 10 މެންބަރަކާއި ހަތަރު ހުށަހެޅުން ހުށަހެޅުއްވި 11 މެންބަރެއް ތިއްބެވެ.

އޭގެ އިތުރުން ރައީސް އޮފީހުން ފޮނުވާ ބިލު ސްޕޮންސާ ކުރުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރައްވާ 14 މެންބަރަކު ވެސް ހިމެނެ އެވެ. އެ މެންބަރުން އަމިއްލަ އަށް ބިލެއް ހުށަހެޅުމެއް ނުވަތަ ވަޒީރަކާ ސުވާލު ކުރުމެއް، ނޫނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް މަޖިލީހަށް ހުށަހެޅުން ފަދަ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.

އެހެން ނަމަވެސް މަޖިލީހުގެ ބަހުސްތަކާއި އެހެން މެންބަރުން ކުރައްވާ ސުވާލުތަކުގެ ތެރެއިން ފުރުސަތު ހޯއްދަވައިގެން ސުވާލު ކުރެއްވުމާއި ކޮމިޓީ މަރުހަލާގެ މަސައްކަތްތައް އެ މެންބަރުން ވެސް ކުރައްވާފައި އެބަހުއްޓެވެ.

ނިމިދިޔަ މަޖިލީހުގައި ރައްޔިތުންގެ ފަރާތުން ގިނަ ސުވާލުތަކެއް ސަރުކާރަށް އަމާޒު ކުރުމާއި އަމިއްލަ އަށް ބިލުތައް ހަދައިގެން ހުށަހެޅުމާއި ގައުމުގައި ދިމާވާ ބޮޑެތި މައްސަލަތަކާ ގުޅޭ ކުއްލި މައްސަލަ އާއި ގަރާރުތައް މަޖިލީހަށް ހުށަހަޅައިގެން ބައެއް މެންބަރުން ވަރަށް ގިނަ މަސައްކަތް ކުރައްވާފައި އެބަހުއްޓެވެ. އެންމެ ގިނައިން މަސައްކަތް ކުރެއްވި ކަމަށް ފާހަގަ ވަނީ ހަތް މެންބަރެކެވެ.

އެއިން ކޮންމެ މެންބަރަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަޅުމުގައި 15 އަށް ވުރެ ގިނައިން މައްސަލަތައް އަމިއްލަ އަށް ހުށަހަޅުއްވައިގެން ކުރިޔަށް ގެންގޮސްފައިވާ މެންބަރުންނެވެ. އެއީ؛

1. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

2. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

3. ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

4. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

5. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

6. ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން

7. ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

8. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

މީގެ ތެރެއިން ވެސް އެންމެ ގިނަ މަސައްކަތް ކުރައްވާފައިވާ ކަމަށް ނަމްބަރުތަކުން ދައްކަނީ ބޮންޑޭ އާއި ޖާބިރު އާއި ރިޔާޒް އެވެ. ބޮންޑޭ ވަނީ ސަރުކާރުގެ ވަޒީރުންނާ 53 ސުވާލެއް ކުރައްވައިފަ އެވެ. އަދި ރިޔާޒް ވަޒީރުންނާ 37 ސުވާލެއް ކުރެއްވި އެވެ. އަދި ޖާބިރު ވަޒީރުންނާ 13 ސުވާލެއް ކުރައްވައި 18 ކުއްލި މައްސަލަ ހުށަހެޅުއްވި އެވެ.

މި މަޖިލީހުން ފެނުނު އަނެއް "ތަފާތު" ކަމަކީ މި ފަހަރު ގިނަ އަދަދަކަށް މެންބަރުން ޕާޓީ ބަދަލު ކުރުމެވެ. ރިޝްވަތުގެ ދޮރުތައް ހުޅުވިފައި އޮތް ފްލޯ ކްރޮސިންގެ މައްސަލަ އަކީ އެޖެންޑާ 19 ގެ ތެރެއިން ހުއްޓުވަން މެންބަރުން ވައުދުވެފައިވާ ކަމެކެވެ.

ސިޔާސީ މަސްރަހަށް ބަދަލުތަކެއް އަންނަ ކޮންމެ ފަހަރަކު 19 ވަނަ މަޖިލީހުގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މެންބަރުންތަކެއް ޕާޓީ ބަދަލު ކުރެއްވި ތަނެވެ. މަޖިލިސް ނިންމާލި އިރު ތިއްބެވި 80 މެންބަރުންގެ ތެރެއިން 32 މެންބަރަކު ވަނީ ޕާޓީ ބަދަލު ކުރެއްވި އެވެ. އެއީ ތިން ބައިކޮޅަ އެއްބަޔަށް ވުރެ ވެސް ގިނަ މެންބަރުންނެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ދެމެދު ޖެހުނު މައްސަލަތަކާ ގުޅިގެން އެމްޑީޕީން ޑިމޮކްރެޓްސް އަށް ބަދަލުވި 14 މެންބަރުން ހިމެނެ އެވެ. އޭގެ ތެރެއިން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ އަނބުރާ އެމްޑީޕީ އަށް ބަދަލުވެފަ އެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން ހޮވިފައިވާ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީޕީގެ މެންބަރަކު ވެސް ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމް އަށް ބަދަލުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެއްކޮޅަށް އެނބުރުމުން އެމްޑީޕީގައި ތިއްބެވި 14 މެންބަރުންނާއި ޖޭޕީގެ މެންބަރަކާއި އަމިއްލަ މެންބަރަކު ޕީއެންސީ އަށް ބަދަލުވި އެވެ.

އެމްޑީޕީން އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ނިންމީ އެ މައްސަލާގައި އެ ޕާޓީ އަށް ލިބުނު ގެއްލުން ބޮޑުވެގެން ދައުރު ނިމެން އުޅެނިކޮށެވެ. އެހެން ނަމަވެސް ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބަދަލުގައި ގާނޫނެއް ހެދުމުން އެ މައްސަލަ އަށް އަދިވެސް އޮތީ ފުރިހަމަ ހައްލެއް ނުލިބި އެވެ.

ނިމިގެން މިދިޔަ 19 ވަނަ މަޖިލީހުގައި ހުރިހާ ބާރެއް އޮތީ އެމްޑީޕީ އަތުގަ އެވެ. އެ ޕާޓީގެ އެތެރޭގައި މައްސަލަތައް ޖެހި ޕާޓީ ދެބައިވި އިރު ވެސް ހުރިހާ ބާރެއް އޮތީ ސަރުކާރު ފަޅީގަ އެވެ. ސަރުކާރާއި އެމްޑީޕީގެ ލީޑާޝިޕުން ވީ ވައުދުތައް ފުއްދަން މަޖިލިސް ނުމެންދެން ވެސް މެޖޯރިޓީގެ ބާރު އޮތެވެ.

އެ ބާރު ބޭނުން ކޮށްގެން ބައެއް މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ފެނިގެން ދިޔަ ނަމަވެސް އެޖެންޑާ 19 ގެ ނަމުގައި ވިއްކި ބޮޑެތި އަދި ގިނަ ކަންކަން އޮތީ އަދިވެސް މެނިފެސްޓޯ ކަރުދާހުގަ އެވެ.

އެންމެ ބޮޑު އެއް ވައުދަކަށް ކުރީ ސަރުކާރުގެ ވެސް އަދި އެޖެންޑާ 19 ގައި ވެސް ވެގެން ދިޔައީ ޝަރުއީ ނިޒާމް މިނިވަން ކުރުމެވެ. އެކަމަށްޓަކައި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ.

އެހެން ނަމަވެސް މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އިރު ވެސް އެ މަސައްކަތެއް ނުކުރެ އެވެ. ޖޭއެސްސީގެ ބިލެއް ހުށަހަޅަން ނިންމީ ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްވަރަކަށް ވެފައި ވަނިކޮށް އަދި ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.

އޭގެ އިތުރުން 18 ވަނަ މަޖިލީހުން މާލޭގެ މަގުމަތީ އެއްވެ އުޅުން މަނާ ކޮށްފައި އޮތް އޮތުން ބަދަލު ކުރުމަކީ ވެސް އެޖެންޑާ 19 ގެ އެންމެ ބޮޑު އެއް ވައުދެވެ. އެ މަސައްކަތް މަޖިލީހުގެ ވަރަށް ކުރީކޮޅު އަމިއްލަ މެންބަރަކު ހުށަހެޅުއްވި އެވެ.

ނަމަވެސް ފަސް އަހަރު ވަންދެން އެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައި ޕާކް ކޮށްފަ އެވެ.

އެޖެންޑާ 19 ގެ މެނިފެސްޓޯ ބުނާ ގޮތުން އީޕީއޭ މިނިވަން މުއައްސަސާއެއް ގޮތުގައި ހެދުމާއި މަހަށް "ހަމަ އަގު" ހޯދައި ދިނުމަށް ގާނޫނެއް ހެދުމާއި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލުތަކެއް ހޯދައިދިނުމުގެ އިތުރުން ސްޓުޑަންޓް ލޯނާއެކު ދަރިވަރުން ދަރަނިވެރިވެފައި އޮތް މައްސަލަ އަށް ހައްލެއް ހޯދުމަށް ވެސް ގާނޫނުތަކަށް އިސްލާހު ގެންނަން އޮތީ ރާވައިފަ އެވެ.

އެފަދަ އެއްވެސް މަސައްކަތްތަކެއް މަޖިލީހުގައި ކުރިޔަށް ނުދެ އެވެ.