19 މެއި 2024 - 16:38

އާސަންދަ ކުންފުނިން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކުރި ހޭދައަށްވުރެ، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކުރި ހޭދަ، ފަސް ޕަސެންޓް އިތުރުވެއްޖެ އެވެ.
އެ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާޗު 31، 2024 އާ ހަމައަށް 838 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.8 ޕަސެންޓު އިތުރުވުމެކެވެ.
މިދިޔަ އަހަރު އާސަންދަ ސްކީމުން 799 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 488 މިލިއަން ރުފިޔާގަ އެވެ.
މި އަހަރަށް އާސަންދައަށް 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.
ވޭތުވެދިޔަ ފަސް އަހަރު އާސަންދަ އަށް 7.4 ބިލިއަން ރުފިޔާ ހޭދަކުރި އިރު އެންމެ ބޮޑު ހޭދައެއް ކުރީ 2022 ވަނަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދަ އަށް ކުރި ހަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 ޕަސެންޓު އިތުރުވެފަ އެވެ.