އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި

އެއާ ސާވިސް ވޯލްޑް ކޮންގްރެސް (އޭއެސްޑަބްލިއުސީ)ގެ ޕާޓްނަރުންނާ އެކު އެމްއޭސީއެލް އިން ސޮއިކޮށްފި އެވެެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި

ނޫވިލު ސީޕްލޭން ޓާމިނަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކުގެ އޭވިއޭޝަން ސެކްޓަރުގެ އިސް ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް ވިޔަފާރީގެ އިތުރު ފުރުސަތުތަކަށް ފަހިވެގެންދާނެ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ދާއިރާގެ ހުރިހާ ފަރާތްތަކުން ހިފައި ކޮންގްރެސްގައި ބައިވެރިވާން ޝަރީފް ގޮވައިލެއްވި އެވެ.

އޭނާ ވިދާޅުވީ، އާ ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރަން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރުމުން ޓޫރިޒަމް ސެކްޓަރު އިތުރަށް ފުޅާކުރެވި، އެކަމުގެ ހެޔޮ ބަދަލު މުޅި އިގްތިސާދަށް ވެސް ފެންނާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް ވިދާޅުވީ، ވެލާނާ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށްގެން ދުނިޔޭގެ މަގްބޫލް މަންޒިލަކަށް ރާއްޖެ ހެދޭނެ ކަމަށެވެ. އެއީ ފެންނަން ވަރަށް ބޮޑަށް އެދޭ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

- ރިސޯޓު ޕާޓްނަރު: ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާ، މަލަހިނި ކުޑަ ބަނޑޮސް ރިސޯޓު

- ވެނޫ ޕާޓްނަރު: ކުރުނބާ މޯލްޑިވްސް

- ޑިޖިޓަލް ޕާޓްނަރު: ދިރާގު

- އެއާލައިން ޕާޓްނަރު: އެމިރޭޓްސް

- އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން

- މީޑިއާ ޕާޓްނަރު: އައިލެންޑް ޗީފް، އޯކާ މީޑިއާ، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލޫޝަން މީޑިއާ

އެ ކޮންގްރެސްގައި ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި މަޓީ އާއި މަޓާޓޯ ވެސް އެންޑޯޒްމެންޓް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެ އެވެ.

އޭއެސްޑަބްލިއުސީ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 އިން 11 އަށެވެ. އެ ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ ބޭފުޅުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި 300 ޑެލިގޭޓުން ބައިވެރިވެ އެވެ.