18 މެއި 2024 - 23:22

މާލޭގެ ގެއެއްގެ ފާހަނާގައި ބޮޑުވާ ފެންގަނޑު މަގުމައްޗަށް ފައިބާ ގޮތަށް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެ، އެ ގެ ޖޫރިމަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މަގު މައްޗަށް ފެންފައިބާތީ ޗެކުކުރިއިރު އެ ގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާ ތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާ ގޮތަށް ހުރީ ހަދައިފަ އެވެ.
ފާހަނާ އިން ފައިބަމުންދިޔަ ފެނުގެ ސަބަބުން އެ ސަރަހައްދުގައި އޮތީ ފެން ބޮޑުވެފަ އެވެ. ކައުންސިލުން އެކްސްގައި ޕޯސްޓް ކުރި ވީޑިއޯއިން ފެންނަ ގޮތުގައި ފާހަނާގެ ފާރުން މަގު މައްޗަށްވާ ގޮތަށް ތޮރުވާފައިވާ ލޯވަޅުން ގިނަ އަދަދެއްގެ ފެން މަގުމައްޗަށް ފައިބަމުންދެ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެ ގެއަކީ ގ. ދޮންފެހިގެ އެވެ. ކައުންސިލުން ބުނީ އެކަން ރަނގަޅު ކުރަން އަންގައި ނޯޓިސްދީ، އެ ގެ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އުދަނގޫވާ ގޮތަށް މި ކަހަލަ ކަންތައް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.