އެޕޯލޯ ޓަވަރުތަކުގެ ވަށައިގެން ޖަހާފައި ހުރި ފެންސުތައް ގަދަ ވަޔާއެކު ވެއްޓިއްޖެ
އެޕޯލޯ ޓަވަރުތަކުގެ ވަށައިގެން ޖަހާފައި ހުރި ފެންސުތައް ގަދަ ވަޔާއެކު ވެއްޓިއްޖެ

ދަގަނޑު ބޭނުންކޮށްގެން އެޕޯލޯ ޓަވަރުތަކުގެ ވަށައިގެން ޖަހާފައިވާ ފެންސުތައް ގަދަ ވަޔާއެކު މިއަދު ވެއްޓިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، ހުޅުމާލެ 1 ގައި އިމާރާތްކުރަމުން އަންނަ ޓަވަރު މަތިން، އެއްޗެއް ވެއްޓިދާނެތީ އާއްމުންގެ ރައްކާތެރިކަމަށް ދަމާފައިވާ ފެންސްތައް ވެއްޓޭތަން ފެނެ އެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ ހަޅޭކުގެ އަޑުވެސް އެ ވީޑިއޯއިން އިވެ އެވެ.

އެ ތަނުގެ އެހެން ވީޑިއޯއާއެކު، ފުލުހުން "އެކްސް"ގައި ކުރި ޕޯސްޓުގައި ބުނީ މޫސުން ގޯސްވެއްޖެނަމަ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކާތެރިކަމަށް އެކަށީގެންވާ ކަންކަން ހުންނަން ޖެހޭނެ ކަމަށެވެ.

"ކޮންސްޓްރަކްޝަން ސައިޓަކުން މިއަދު މި ފެންނަ ވީޑިއޯގައި ދައްކުވައިދޭ ފަދަ ހާދިސާއަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދެން،" ފުލުހުންގެ ޕޯސްޓުގައި ވެ އެވެ.

ފުލުހުން ބުނީ އެޕޯލޯ ޓަވަރުގައި ޖަހާފައިވާ ފެންސުތަކެއް ވަޔާ ދާތީ، އެ މަންގު ބަންދުކޮށްގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.