ޝޮޕިން ސެންޓަރެއްގެ މައްޗަށް މަތިންދާ ބޯޓެއް ވެއްޓި ފަސް މަރު
ޝޮޕިން ސެންޓަރެއްގެ މައްޗަށް މަތިންދާ ބޯޓެއް ވެއްޓި ފަސް މަރު

މެލްބަން (ފެބްރުއަރީ 21) - އޮސްޓްރޭލިއާގެ މެލްބަންގެ ޝޮޕިން ސެންޓަރެއްގެ މައްޗަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ އެވެ.

ޝޮޕިން ސެންޓަރެއްގެ މައްޗަށް މަތިންދާ ބޯޓެއް ވެއްޓި ފަސް މަރު
ޝޮޕިން ސެންޓަރެއްގެ މައްޗަށް މަތިންދާ ބޯޓެއް ވެއްޓި ފަސް މަރު

ވިކްޓޯރިއާ ޕޮލިސް އެސިސްޓެންޓް ކޮމިޝަނާ ސްޓެފަން ލީން ވިދާޅުވީ ޗާޓަރުކޮށްފައި ކުޑަ މަތިންދާ ބޯޓު ވެއްޓުނީ އެސެންޑޮން އެއާޕޯޓުން ނައްޓާލިތާ މާގިނައިރެއް ނުވަނީސް ކަމަށެވެ. އަދި ބޯޓު ވެއްޓުނީ އިންޖީނަށް މައްސަލައެއް ދިމާވެގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޯޓުގައި ތިބި މީހުން ފިޔަވައި އިތުރު މީހަކު މަރުވި ކަމުގެ މައުލޫމާތެއް އަދި ނުލިބޭ،" ކޮމިޝަނާ ވިދާޅުވި އެވެ. "ޝޮޕިން މޯލުގައި ނުވަތަ ކާރު ޕާކުގައި މީހަކު ނެތްކަން ނަސީބު."

ބޯޓު ވެއްޓުނު އިރު ޝޮޕިން ސެންޓަރު ވަނީ އާއްމުންނަށް ބަންދުކޮށްފަ އެވެ. ބޯޓު ވެއްޓުނީ ޝޮޕިން ސެންޓަރުގެ ފަހަތުގައި ހުރި ގުދަނެއްގެ މައްޗަށެވެ. ބޯޓު ވެއްޓުމާ އެކު ބޯކޮށް ދުން އަރާ އަދި އަލިފާން ވެސް ވަނީ ރޯވެފަ އެވެ.

ޓަސްމޭނިއާގެ ކިންގް އައިލެންޑަށް ދަތުރު ކުރި ބޯޓުގައި ތިބީ އެމެރިކާ މީހުން ކަމަށްވެ އެވެ. އޮސްޓްރޭލިއާގެ ބައެއް މީޑިއާތަކުން ބުނީ ބޯޓު ދުއްވީ 63 އަހަރުގެ ތަޖްރިބާކާރު ޕައިލެޓެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ އިން ބުނީ ޓްވިން އިންޖިން ބީޗްކްރާފްޓް ބީ2000 ކިން އެއާ ވެއްޓުނު ހާދިސާ ތަހުގީގު ކުރާނެ ކަމަށެވެ.