15 މެއި 2024 - 17:37

ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑްކޮށް ގްރޫޕް ކޯލް ކުރެވޭ އެޑް-އޮންއެއް ތައާރަފްކޮށްފި އެވެ.
"ވާހަކަ" ނަމުގައި ތައާރަފްކުރި މި އެޑްއޮން އަކީ 50ރ. އަށް އެކްޓިވޭޓު ކުރެވޭ 30 ދުވަހުގެ އެޑްއޮން އެކެވެ. މި އެޑްއޮން އެކްޓިވޭޓުކުރުމުން ދިރާގު ނަމްބަރުތަކަށް ލިމިޓެއް ނެތި ހިލޭ ގުޅޭނެ އެވެ. އަދި އެއް ޖީބީގެ ޑޭޓާ ވެސް ލިބޭނެ އެވެ. ވަޓްސްއެޕާއި ޓެލެގްރާމް ނުވަތަ ވައިބާ މެދުވެރިކޮށް ކޯލިން ގްރޫޕްގައި ބައިވެރިވުމުގެ އިންވިޓޭޝަން ވެސް ފޮނުވޭނެ އެވެ.
ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވި ގޮތުގައި މި އޮފާއަކީ ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާ އެކު، ގުޅުވައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ އޮފާއެއް ކަމަށެވެ.
މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން ދިރާގު ނެޓްވޯކު މެދުވެރިކޮށް، ގުޅުވައިލުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހާސިލްކުރި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓު ކުރެވޭނެ އެވެ.