ފައިމަގުގައި ފުރަތަމަ ފަހަރަށް މާލެ އިން ހުޅުލެއަށް!
ފައިމަގުގައި ފުރަތަމަ ފަހަރަށް މާލެ އިން ހުޅުލެއަށް!

މާލެ އާއި ހުޅުލެއާ ދެމެދު ފުރަތަމަ ފަހަރަށް ފައި މަގުގައި ހުރަސްކުރާ މަންޒަރަކީ، ޗައިނާގެ އެހީގައި މިހާރު އަޅަމުން އަންނަ ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން، އާންމު ދިވެއްސަކަށް ޚިޔާލަށް ވެސް ގެނެވިފައި ނުވާ ކަމަކަށް ވެދާނެ އެވެ. އެކަމަކު މިހާރު ކޮންމެ ދުވަހަކު ވެސް، ބްރިޖްގެ މަސައްކަތްތެރިން އެ ދަނީ މާލެ އިން ހުޅުލެ އަށް އަދި ހުޅުލެއިން މާލެ އަށް ފައިމަގުގައި ހިނގާފަ އެވެ.

ފައިމަގުގައި ފުރަތަމަ ފަހަރަށް މާލެ އިން ހުޅުލެއަށް!
ފައިމަގުގައި ފުރަތަމަ ފަހަރަށް މާލެ އިން ހުޅުލެއަށް!

ރާއްޖޭގެ ނޫސްވެރިން ވެސް އެކަން ފުރަތަމަ ފަހަރަށް އިއްޔެ ތަޖުރިބާކޮށްފި އެވެ. ހައުސިން މިނިސްޓްރީން އިންތިޒާމްކުރި ނޫސްވެރިންގެ ޒިޔާރަތްކުރުމުގައި، މާލެ އިން ފަށައިގެން ބައެއް ނޫސްވެރިން ވަނީ، ހިނގާލާފައި، ހުޅުލޭ ކޮޅަށް ގޮސްފަ އެވެ.

ފައިމަގުގައި ފުރަތަމަ ފަހަރަށް މާލެ އިން ހުޅުލެއަށް!
ފައިމަގުގައި ފުރަތަމަ ފަހަރަށް މާލެ އިން ހުޅުލެއަށް!

މި ތަޖުރިބާ އިން އިހްސާސްކުރެވުނީ، ފެރީގައި މިހާރު ކުރާ އުނދަގޫ ދަތުރު، ބްރިޖާ އެކު ފަސޭހަވެގެންދާނެ ވަރެވެ. ދިހަވަރަކަށް މިނެޓުގެ ފެރީ ދަތުރު، ދުއްވާ އެއްޗެއްގައި ތިން މިނެޓު ނުވަތަ ފަސް މިނެޓަށް އަވަސްވާނެ ކަމަށް ބެލެވެ އެވެ. ފައި މަގުގައި ހިނގާފައި ދެވޭ ގޮތަށް އޮވެއްޖެ ނަމަ، އެ ފުރުސަތު ވެސް އާންމުންނަށް ލިބޭނެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތަށް ހެދި ޕްލެޓްފޯމް އޮތީ ކަނޑުގެ ވަކި ހިސާބަކުން ނުގުޅުވަ އެވެ. އެއީ ޕްލެޓް ފޯމްގެ ދެ ފަރާތުގައި އުޅަނދު ފަހަރު ބޭނުންކޮށްގެން އޭރު ކުރި މަސައްކަތްތަކުގައި ދެ ފަރާތަށް ވެސް ހުރަސް ކުރެވޭ ގޮތް ހެދުމަށެވެ. އެކަމަކު، ބްރިޖް އަޅާ ޗައިނާގެ ސީސީސީސީން މިހާރު ވަނީ މާލޭ ކޮޅުން ފަށާފައި އޮންނަ ޕްލެޓްފޯމާއި ހުޅުލޭ ކޮޅުން ހަދާފައިވާ ޕްލެޓް ފޯމު ސަސްޕެންޝަން ކުޑަ ބްރިޖަކުން ގުޅުވާލައިފަ އެވެ.

ޕްލެޓްފޯމު މަތިން ހިނގާލާފައި މާލެ އިން ހުޅުލެ އަށް ދާން ނޫސްވެރިންނަށް ހޭދަވީ ގާތްގަނޑަކަށް 20 މިނެޓެވެ.

ފައި މަގުގައި ހުޅުލެ އަށް ދެވޭ ގޮތަށް ޕްލެޓްފޯމު ގުޅުވާލީ ބްރިޖްގެ މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ. ކުރިން ހުޅުލޭ ފަރާތުގައި ކުރާ މަސައްކަތްތަކަށް މީހުން ދަނީ ފުރަތަމަ ހުޅުލެއަށެވެ. އޭގެ ފަހުން ސެކިއުރިޓީ ކްލިއަކުރަން ޖެހެ އެވެ. އެކަމަކު މިހާރު މާލޭގައި ހުންނަ އެ މީހުންގެ މަރުކަޒުތަކުން ނުކުމެގެން، ޕްލެޓްފޯމް މަތިން އެއްކޮޅުން އަނެއް ކޮޅަށް ދެވެ އެވެ.

މާލޭ/ހުޅުލޭ ބްރިޖުގެ ކޮންމެ މަސައްކަތެއް ވެސް ވަނީ ރާއްޖޭގެ ތާރީހީ ގުޅިފަ އެވެ؛ އެހެންކަމުން ޕްލެޓްފޯމު މަތިން ހިނގާލާފައި މާލެ އިން ހުޅުލެ އަށް، އަދި ހުޅުލެއިން މާލެ އަށް ދިއުމުގެ ތަޖުރިބާ ދިވެހި ނޫސްވެރިންނަށް ވީ މުޅިން އާ ކަމަކަށެވެ.

"ހީ ވެސް ނުކުރަން މިހެން ހިނގާފައި ދެވިދާނެ ކަމަކަށް،" އެއް ނޫސްވެރިޔަކު ބުންޏެވެ.

"ކުރިން އޮތީ އަހަރެމެންނަށް އެނފައިވާ ގޮތުން މިތަން އެހެން ގުޅުވާކަށް ނޫން، އެކަމަކު މި ގޮތަށް ގުޅުވާފައި އޮތީމާ ހިތަށްއެރީ ހާދަ މޮޅޭ މި މީހުން މި މަސަައްކަތްތަކަށް. ކޮންމެ ފަހަރަކު މިތަނަށް އަންނަ އިރު ފެންނަނީ ވަރަށް ބޮޑު ތަފާތުތަކެއް."