13 މެއި 2024 - 15:57

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިތާ ތިން އަހަރު ފަހުން، ކާބޯތަކެތީގެ ސަލާމަތާ ބެހޭ ބިލު މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރު އެވެ. އެކަމަކު، އެމްޑީޕީގެ ކޮންޓްރޯލް އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރީ މި ދައުރުގެ އެންމެ ފަހު ޖަލްސާގަ އެވެ. އެއީ އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އެންމެ ގިނަ ދުވަސްވަންދެން ދިރާސާކުރި ބިލެވެ.
މި ބިލްގައި ވަނީ ރާއްޖެ އަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ކަނޑައަޅައިފަ އެވެ.
ބިލުގައި ވަނީ ކާބޯތަކެތި އުފެއްދުމާއި އިމްޕޯޓު ކުރުމާއި އެކްސްޕޯޓުކުރުމާއި ތައްޔާރުކުރުމާއި ބަންދުކުރުމާއި ލޭބަލް ކުރުމާއި ގުދަން ކުރުމުގެ އިތުރުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި އަމަލުކުރަން ޖެހޭނެ ގޮތް ބަޔާން ކޮށްފަ އެވެ.
ކާބޯތަކެތި އުފައްދައި، ގުދަންކޮށް އަދި ވިއްކާ ތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަން ކަށަވަރުކުރުމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރަން މި ބިލުގައި ވަނީ ހިމަނައިފަ އެވެ.
އަދި، ކާބޯތަކެތި ބަލައި ފާސްކުރުމާއި ޓެސްޓުކުރުމަށް ހިފެހެއްޓުމާއި ސިއްހަތަށް ގެއްލުން ދެނިވި ކާބޯތަކެތި ވިއްކުން މަނާކުރުމާއި ރީކޯލް ކުރުމާއި ބާޒާރުން ނެގުމާ ގުޅޭ އުސޫލުތައް ވެސް ބިލު ގާނޫނަކަށް ވުމުން ކަނޑައަޅަން ޖެހޭނެ އެވެ.
ކާބޯތަކެތި އުފައްދާ ވިއްކައި ފަރާތްތައް ރަޖިސްޓަރީކޮށް، ވަކި ޝަރުތުތަކެއް ހަމަވާން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރާނެ އުސޫލެއް ވެސް މި ބިލުގައި ކަނޑައަޅާފައިވާއިރު އެފަދަ ތަންތަނުގައި ފުރިހަމަވާން ޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމާ ގުޅޭ އުސޫލެއް ވެސް ބަޔާންކޮށްފައިވެ އެވެ.
ބިލަށް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ބިލު ގާނޫނަކަށް ވުމަށް ފަހު ހިލާފުވުމުން ކުރާ ޖޫރިމަނާގެ އަދަދު ބޮޑުކޮށްފަ އެވެ. އިސްލާހުގައި ބުނެފައިވަނީ މިއިން ކުށެއް ކުރާ މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000 ރުފިޔާއާ 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަ