ރަށްރަށަށް ހާއްސަ އިހާގެ ރަށު ޕިކަޕު ޕްރޮމޯޝަން
ރަށްރަށަށް ހާއްސަ އިހާގެ ރަށު ޕިކަޕު ޕްރޮމޯޝަން

އެއް ތަނުން އަނެއް ތަނަށް ހަރަދުކުޑަކޮށް ފަސޭހައިން ތަކެތި އުފުލުމަށް ހާއްސަ ތިމާވެއްޓާ ރައްޓެހި އުޅަނދެއް ކަމަށްވާ "ރަށު ޕިކަޕް"ގެ ހާއްސަ ޕްރޮމޯޝަނެއް އިހާ އިން ފަށައިފި އެވެ.

ރަށްރަށަށް ހާއްސަ އިހާގެ ރަށު ޕިކަޕު ޕްރޮމޯޝަން
ރަށްރަށަށް ހާއްސަ އިހާގެ ރަށު ޕިކަޕު ޕްރޮމޯޝަން

މި ޕްރޮމޯޝަނުގައި އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް, ހިޔާ ކުރާނެ ސަތަރި ގެގަނޑު ހިލޭ ލިބޭނެ އެވެ. "ރަށު ޕިކަޕް" އެތެރެކޮށް ވިއްކާ އިހާ މޯލްޑިވްސް ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ ގެންދިއުން ގިނަ ދުވަސްވަރަކަށް ވާއިރު މިއީ "ރަށު ޕިކަޕް" ގަންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށެވެ.

ރަށްރަށަށް ހާއްސަ އިހާގެ ރަށު ޕިކަޕު ޕްރޮމޯޝަން
ރަށްރަށަށް ހާއްސަ އިހާގެ ރަށު ޕިކަޕު ޕްރޮމޯޝަން

އިހާ އިން ރާއްޖޭގައި ވިއްކާ ރަށު ޕިކަޕަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ މަގުބޫލުކަން ލިބިފައިވާ އުޅަނދެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. ރަށްރަށުގެ ޓޫރިޒަމްގެ ވިޔަފާރިތައް ކުރުމުގައި ލަގެޖާއި އެކި ކުޅިވަރުތަކަށް ބޭނުންވާނެ ތަކެތި އުފުލުމުން ފެށިގެން ކޮންސްޓްރަކްޝަންގެ މަސައްކަތްތަކާއި މީހުން އުފުލުމުގައި ވެސް އެކި ރަށްރަށުގައި "ރަށު ޕިކަޕް" ބޭނުން ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އިހާ މޯލްޑިވްސް އިން "ރަށު ޕިކަޕް"ގެ ދެ ސައިޒެއް މި ވަގުތު އަންނަނީ ވިއްކަމުންނެވެ. އެއީ 3.7 ފޫޓު 5.3 ފޫޓުގެ 1250 ކިލޯގެ މުދާ އުފުލޭ ވަރުގެ "ރަށު ޕިކަޕް" އާއި 4.3 ފޫޓު އާއި 6 ފޫޓުގެ 1500 ކިލޯގެ މުދާ އުފުލޭނެ ސައިޒުގެ "ރަށު ޕިކަޕް" އެވެ.

އިހާ އިން ވިއްކާ "ރަށު ޕިކަޕް" އަކީ ސްމާޓް ޗާޖިން ޓެކްނޮލޮޖީ ހިމެނޭ, ސްމާޓް ލޮކް އެންޑް ކީ ރިމޯޓް ކޮންޓްރޯލާ އެކު ފޯންހޯލްޑާ ވެސް ހިމެނޭ އުޅަނދެކެވެ. މިއީ ޑިޖިޓަލް މީޓަރާއި އޮޓޮމެޓިކް ވިންޑްޝީލްޑް ވައިޕާ ހިމެނޭ އެއްޗެކެވެ. އައިއެޗްއޭއިން "ރަށު ޕިކަޕް" ގަންނަ ކަސްޓަމަރުންނަށް އުޅަނދު ރަޖިސްޓްރީކުރުމުގެ މަސައްކަތް ކޮށްދެ އެވެ. އަދި ބޭނުންވާ ހިސާބަކަށް ޑެލިވާކުރުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެ އެވެ.

އިހާ މޯލްޑިވްސް އިން "ރަށު ޕިކަޕް"ގެ ހުރިހާ ސްޕެއާޕާޓްސް ލިބެން ހުންނާނެ އެވެ. އަދި އުޅަނދު މަރާމާތުކޮށް ބެލެހެއްޓުމުގައި އެ ފިހާރައިގެ އެހީތެރިކަން ލިބޭނެ އެވެ.

ރަށު ޕިކަޕަކީ ތިމާވެއްޓާއި ރަށްޓެހި, ހަރަދުކުޑަ ގޮތެއްގައި ވިޔަފާރިތަކުގެ މަސައްކަތްތައް ކުރުމަށް ތައާރަފްކުރި އުޅަނދެއް ކަމަށް އިހާ އިން ފާހަގަ ކުރެ އެވެ. "ރަށު ޕިކަޕް"އާ ގުޅޭ މައުލޫމާތުތައް އައިއެޗްއޭގެ ނަމްބަރު 7571854 އިން ލިބޭނެ އެވެ.