ސޮނީ ހާޑްވެއާ އިން ފިޝާގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ދީފި
ސޮނީ ހާޑްވެއާ އިން ފިޝާގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ދީފި

ޖަރުމަންވިލާތުގެ އުފެއްދުމެއް ކަމަށްވާ ފިޝާގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ސޮނީ ހާޑްވެއާ އިން ސިވިލް އިންޖިނިއަރުންނާއި އާކިޓެކްޓުންނާ ހިއްސާކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި އިއްޔެ ބޭއްވި ސެމިނާއެއްގައި ރާއްޖޭގެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކާއި އާކިޓެކްޓުންނާއި އިންޖިނިއަރުން ބައިވެރިވި އެވެ. މި ސެމިނާގައި މައުލޫމާތު ދީފައިވަނީ ފިޝާ އެކަޑަމީގެ ޖަރުމަނުގެ ޓްރެއިނަރުންނެވެ. ފިޝާގެ އުފެއްދުންތައް ލިބޭނީ ސޮނީހާޑްވެއާ ޕްރޮފެޝަނަލުންނެވެ.

ފިޝާ ފިކްސިން ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ އާލާތްތަކަކީ އެންމެ އާދައިގެ އެއްޗެހިން ފެށިގެން ބްރިޖް އަދި ޓަނަލްތަކުގައި ހަރުކުރެވޭ އިތުބާރު ހުރި އެއްޗެކެވެ.

ފިޝާގެ މުކޮޅާއި އެންކަލް ބޯލްޓްގެ އެންމެ ބޮޑު ތަފާތަކީ މިތަކެއްޗަކީ ޔޫރަޕިއަން ޓެކްނިކަލް އެޕްރޫވަލް ލިބިފައިވާ ތަކެއްޗަށް ވުމެވެ. އަދި ކޮންމެ އެންކަބޯލްޓަކަށް ނެގެނީ ކިހާވަރެއްގެ ލޯޑެއްކަމާއި، އެހެނިހެން ބޭނުންތެރި ޓެކްނިކަލް މައުލޫމާތު ފަސޭހައިން އެނގެ އެވެ.

މީގެ އިތުރުން ފިޝާގެ ފްރީ ސޮފްޓެއާގެ އެހީގައި ލޯޑް ކަލްކިޔުލޭޓްކޮށް، ބޭނުންވާ އެންކާގެ އަަދަދު ބެލެ އެވެ. އަދި ހަރުކުރާ ތަކެތި ފެއިލް ނުވާނެ ކަމުގެ ޔަގީންކަން ލިބެ އެވެ.