66 ފޫޓު މަތިން ވެއްޓުނު މީހަކު ސަލާމަތްވެއްޖެ
66 ފޫޓު މަތިން ވެއްޓުނު މީހަކު ސަލާމަތްވެއްޖެ

ސިޑްނީ (ފެބްރުއަރީ 20) - އޮސްޓްރޭލިއާގައި ފަރުބަދައެއްގެ ކޮޅުން، 20 މީޓަރު (66 ފޫޓު) މަތިން ވެއްޓުނު މީހަކު ސަލާމަތްވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ މީހާ މިދިޔަ އާދިއްތަ ދުވަހުހެ ތެރޭ ވެއްޓި ޖެހުނީ ބޯ ގަސްތަކެއްގެ ތެރެއަށެވެ. އެހެންވެ އޭނާ ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރަށް އުނދަގޫވި ކަމަށް އޮފިޝަލުން ބުންޏެވެ. އޭނާ މައްޗަށް ނެގީ ވިންޗެއްގެ އެހީގަ އެވެ. އެ މީހާ ސަލާމަތް ކުރުމުގެ އޮޕަރޭޝަނަށް ފަސް ގަޑިއިރު ހޭދަވި ކަމަށްވެ އެވެ. އެ މީހާގެ ގޮނޑަށާއި މެއަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ޕެރަމެޑިކްސް އިން ބުނެ އެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.

ނިއު ސައުތު ވޭލްސް ޕޮލިސް ސާޖެންޓް ޕީޓާ މެކްކޯ ވިދާޅުވީ ބޯ ޖަންގަލީގެ ތެރޭން އެ މީހާ ހޯދަން ފަޔާފައިޓަރުންނަށް ވަރަށް އުނދަގޫވި ކަމަށެވެ.

"އޭނާގެ ނަސީބު ވަރަށް ރަނގަޅު. ފުރާނަ އަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނެތް އޭނާ އަށް ލިބިފައެއް،" ޕޮލިސް ސާޖެންޓް ވިދާޅުވި އެވެ.