04 މެއި 2024 - 10:49

ސްޓޭޑްޓެލެންޑޯފް، ޖަރުމަން (މެއި 4) – މިލިއަނުން ކުރިން އާމްދަނީ ލިބުނު ކުރީގެ ކީޕަރު އައިކް އިމެލް ބަނގުރޫޓްވެ، ދިރިއުޅުން މުޅިން ބިކަވެއްޖެ އެވެ.
މެންޗެސްޓާ ސިޓީގެ ކުރީގެ ކީޕަރަކީ އޭނާ ކުޅުނު ދުވަސްވަރު، ޕޮޝް ލައިފެއްގައި އުޅުނު ކުޅުންތެރިއެކެވެ.
އެކަމަކު މިހާރު އޭނާގެ އެކައުންޓްގައި ހުރީ އެންމެ ދެ ޔޫރޯ އެވެ. އޭނާ އުޅެނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހާއްސަ ކޮށްގެން ސިޓީ ކައުންސިލުން ބަލަހައްޓާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގަ އެވެ.
މާލީ ތަފާތު މައްސަލަތަކާ ހުރެ އިމެލްގެ އަންހެނުންނާއި ދަރިން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އޭނާ ބަނގުރޫޓް ވެފައިވާކަން އެންމެ ފުރަތަމަ އިއުލާން ކުރީ 2008 ގަ އެވެ.
ބޮރޫޝިއާ ޑޯޓްމެންޑާއި ސްޓްޓްގާޓަށް ވެސް ކުރިން ކުޅުނު އިމެލް ބުނީ މީގެ ކުރިން ފައިސާ އަކީ އޭނާ އަށް މައްސަލައެއް ނޫން ކަމަށެވެ.
"އަހަރެން ދިރިއުޅެމުން ދިޔައީ ރިލޭ ރޭހެއްގައި ދިރިއުޅެމުން ދިޔަހެން. ފައިސާގެ އޭރު އަހަންނަށް އޮތް މައްސަލައެއް ނޫން،" ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.
"އޭރު އަހަރެންގެ ފޯނު ބިލަށް ވެސް އަރާ 10،000 ޑޮލަރު."
ސިޓީގައި، ދެ ސީޒަންގައި އޭނާ ކުޅުނެވެ. ކުޅުން ހުއްޓާލީ 1997 ގަ އެވެ.