03 މެއި 2024 - 11:18

ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ސިހުރު ހަދަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
"ސިހުރު ހަދާ މީހާ ވަރަށް ގަދަ ކޮށްލައިފަ އެބަ ބުނޭ އަދިވެސް ބޭނުން އެއްޗެކޭ ހަދާލާނީ، އެއްވެސް ކަމެއް ނުކުރެވޭނެ އޭ،"
އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިވަގުތު ހުރީ ފޮނަދޫ މެޖިސްޓްރޭޓަށް ހާޒިރު ކޮށްފަ އެވެ.
އަދި އެ ރަށު ރައްޔިތުން އަންނަނީ މެޖިސްޓްރޭޓް ކުރިމަތީ އިހުތިޖާޖު ކުރަމުންނެވެ.