ޕީއެސްއެމް ފައިނޭންސް ޑިޕާޓްމަންޓުގެ ވެރިއަކު ސަސްޕެންޑު ކޮށްފި
ޕީއެސްއެމް ފައިނޭންސް ޑިޕާޓްމަންޓުގެ ވެރިއަކު ސަސްޕެންޑު ކޮށްފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޑިރެކްޓާ ފައިނޭންސް އަހުމަދު ހަނީފް މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ ސަސްޕެންޑް ކުރީ ޑިރެކްޓާސް ބޯޑުގެ އޮޑިޓް ކޮމިޓީން ބަލަމުންދާ މައްސަލައެއްގައި ފައިނޭންސް ޑިޕާޓްމަންޓުގެ ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖް ކުރުމުގައި ކޯޕަރޭޓް އުސޫލާ ހިލާފަށް ކަންކަން ދާކަން ފާހަގަ ކުރެވިގެން ކަމަށެވެ.

މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ހަނީފް ކުންފުނީގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަނީފް އަކީ ވަރަށް ގިނަ އަހަރުތަކެން ވަންދެން ޕީއެސްއެމްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ.