30 އެޕްރީލް 2024 - 13:29

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓް ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަން އިންޑިއާ އާވާދަކޮށް ރާއްޖޭގެ ފިރިހެން ޓީމުން ދެވަނަ ހޯދައިފި އެވެ.

ފައިނަލުގައި އިންޑިއާ އަތުން ރާއްޖޭގެ ހަސަން ނާޒިމާއި އިސްމާއީލް އަޒުމީނާއި އާދަމް އަދީލާއި އިބްރާހިމް ހުޖާން ކުޅުނު މެޗުން ބަލިވީ 3-0 ސެޓުންނެވެ.
އިންޑިއާ އަކީ ދުނިޔޭގެ ޗެމްޕިއަންގެ އިތުރުން ދުނިޔޭގެ ރޭންކިންގެ ވެސް އެއްވަނަ އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ ރަން މެޑަލް ނުލިބުނަސް، ފިރިހެން ޓީމުގެ މި ކުރި އެރުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.
"ފައިނަލާ ހަމައަށް ކުރި ދަތުރުގައި އަޅުގަނޑުމެންގެ ޓީމު ވަރަށް ރަނގަޅު ޕާފޯމެއް ކުރި. ދުނިޔޭގެ މިހާރުގެ ރަނރަފް ސްރީ ލަންކާ ބަލިކޮށްފަ ގުރޫޕް ސްޓޭޖް ނިންމާލީ،" ކެރަމް އެސޯސިއޭޝަންގެ އޮފިޝަލް ބުންޏެވެ.
ސެމީ ފައިނަލުގައި ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ގައުމީ އަންހެން ޓީމު ވަނީ ތިންވަނަ ހޮވި މެޗުގައި ބަންގްލަދޭޝް ބަލިކޮށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ޓީމު އިވެންޓްގައި ސެމީ ފައިނަލުން އަންހެން ޓީމު ބަލިވީ ސްރީ ލަންކާ އަތުންނެވެ.
ޑަބަލްސް އިވެންޓްގައި ރާއްޖޭގެ އަޒުމީނާއި ނާޒިމް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އެ ދެ ކުޅުންތެރިންނަކީ ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް ކެރަމް މުބާރާތުގައި ކުޅެ ފައިނަލަށް ދިޔަ ފުރަތަމަ ދިވެހި ކުޅުންތެރިންނެވެ.