ބްރެޑް ޕިޓާ ވަކިޔަސް މިއީ އަދިވެސް އާއިލާއެއް: އެންޖެލީނާ ޖޮލީ
ބްރެޑް ޕިޓާ ވަކިޔަސް މިއީ އަދިވެސް އާއިލާއެއް: އެންޖެލީނާ ޖޮލީ

އެކްޓަރު ބްރެޑް ޕިޓާ ވަކިވާން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ގުޅުން އެއްކޮށް ކެނޑިގެން ނުދާ ކަމަށާއި "އާއިލީ ގުޅުން" އަބަދު ވެސް އޮންނާނެ ކަމަށް ބަތަލާ އެންޖެލީނާ ޖޮލީ ބުނެފި އެވެ.

ބްރެޑް ޕިޓާ ވަކިޔަސް މިއީ އަދިވެސް އާއިލާއެއް: އެންޖެލީނާ ޖޮލީ
ބްރެޑް ޕިޓާ ވަކިޔަސް މިއީ އަދިވެސް އާއިލާއެއް: އެންޖެލީނާ ޖޮލީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕިޓް ކައިރިން ވަރިވާން، ޖޮލީ ކޯޓަށް ހުށަހެޅުންވެގެން ދިޔައީ ގިނަ ބަޔަކު ހައިރާންކޮށްލި ކަމަކަށެވެ.

ބްރެޑް ޕިޓާ ވަކިޔަސް މިއީ އަދިވެސް އާއިލާއެއް: އެންޖެލީނާ ޖޮލީ
ބްރެޑް ޕިޓާ ވަކިޔަސް މިއީ އަދިވެސް އާއިލާއެއް: އެންޖެލީނާ ޖޮލީ

އޭގެ ފަހުން ޖޮލީ ވަނީ އާންމުންގެ ތެރެއަށް ނިކުތުން ވެސް ހުއްޓާލައި މީޑިއާތަކަށް ވެސް "ފިލައިފަ" އެވެ.

އެކަމަކު މިދިޔަ ހަފުތާގެ ތެރޭގައިި ޖޮލީ ވަނީ ހަ ކުދިންނާ އެކު، ފުރަތަމަ ފަހަރަށް ބޭރަށް ނިކުމެ، އޭނާގެ އެންމެ ފަހުގެ ޑައިރެކްޝަން "ފަސްޓް ދޭ ކިލްޑް މައި ފާދާ" ގެ ކެމްބޯޑިއާ ޕްރިމިއާގައި ބައިވެރިވެފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ ޕިޓާ ވަކިވާން ޖެހުމުން ކުރަން ޖެހުނު ތަޖުރިބާ ވެސް ބީބީސީ އާ ހިއްސާކޮށްފަ އެވެ.

ޖޮލީ، 41، ބުނީ މި ދަނޑިވަޅަކީ އޭނާ އާއި ދަރިންނަށް އެއްގޮތަކަށް ވެސް ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ. އަދި ވަރިއަކީ ކޮންމެ ދެމަފިރިއެއްގެ ދޭތެރޭގައި ވެސް ރޮނދިފަށެއްހެން އޮންނަ އެއްޗެއް ކަމަށް ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން މީގެ މާ ބޮޑު ތަފުސީލަކަށް ދާކަށް. އެކަމަކު ބުނެލަން ބޭނުން ވަނީ ވަރިއާ ހަމައަށް ދާން ޖެހުމަކީ ފަސޭހަ ނިންމުމެއް ނޫނޭ. މިއީ އާއިލާ އަށް ހިތްދަތި އަދި އުނދަގޫ ދަނޑިވަޅެކޭ،" އޭނާ ބުންޏެވެ. "އަދި ވަރިއަކީ ހިތްވަރު އެލުވާލައި، ދިރިއުޅުމާ ދޭތެރޭ މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނޫނޭ. އަހަރެން ބޭނުން ވަނީ އަބަދު ވެސް ހިތްވަރުކޮށްގެން ދިރިއުޅުމާ އެކީ ކުރިއަށް ދާން."

ޖޮލީ ބުނީ ޕިޓްގެ ކައިރިން ވަރިވި ނަމަވެސް، ދަރިންގެ ހައްގުގައި ދެ މީހުން ކުރަން ޖެހޭ ކަންކަން އެއްވެސް އުނިކަމެއް ނެތި ދެ ފަރާތުން ވެސް ކުރާނެ ކަމަށެވެ.

"އަހަރެމެން ދެ މީހުން ވަކިޔަސް އަދިވެސް މިއީ ހަމަ އާއިލާއެއް. އެކަން އަބަދު ވެސް އެގޮތުގައި ދެމި އޮންނާނެ،" ޕިޓާއެކީ "މިސްޓަ އެންޑް މިސިޒް" ސުމިތު ފަދަ ފިލްމްތައް ވެސް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަހަރެންގެ ހުރިހާ ފޯކަސްއެއް އޮތީ ދަރިންނަށް. ދަރިންނާ އެކު، އުޅެވޭތީ ލިބޭ ހިތްހަމަޖެހުމަކީ ވެސް ބުނެދޭން ވެސް ނޭނގޭ ކަހަލަ އިހުސާސެއް."

ކުރިން ބަތަލާ ޖެނިފާ އެނިސްޓަންއާ ވެސް ކައިވެނި ކުރި ޕިޓާއި ޖޮލީ ކައިވެނި ކުރީ 2014 ގަ އެވެ.

އެ ދެ މީހުން ވަރިވާން ނިންމި ސީދާ ސަބަބެއް ނޭނގެ އެވެ. އެކަމަކު ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕިޓް ކައިރިން ވަރިވާން ޖޮލީ ނިންމީ އޭނާ ސިއްރު ގުޅުންތަކެއް ހިންގާކަން ފަޅައި އެރުމުންނެވެ.