ލަންކާގައި އުފަންވާ ރޭޓަށްވުރެ މަރުވާ ރޭޓް މަތީގައި
ލަންކާގައި އުފަންވާ ރޭޓަށްވުރެ މަރުވާ ރޭޓް މަތީގައި

ސްރީ ލަންކާގައި 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އުފަންވާ ރޭޓަށްވުރެ މީހުން މަރުވާ ރޭޓް މަތި ކަމަށް ރެޖިސްޓްރާ ޖެނެރަލްސް ޑިޕާޓްމަންޓުން ބުނެފި އެވެ.

ސީނިއާ ޑެޕިއުޓީ ރެޖިސްޓްރާ ޖެނެރަލް ލަކްޝިކާ ގަނޭޕޯލާ ވިދާޅުވީ ކުދިން އުފަންވާ ރޭޓް ދަށްވަމުން ގޮސް، މަރުވާ މީހުންގެ ރޭޓަށް ވުރެ އެ އަދަދު ދަށަށް ދިޔައީ 2020 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

ގަނޭޕޯލާ ވިދާޅުވީ އުފަންވާ ރޭޠް 2020 ވަނަ އަހަރުގެ ކުރިން ގާތްގަނޑަކަށް 325،000 އަށް އަރާ ކަމަށާއި އެކަމަކު މިދިޔަ ތިން އަހަރުގެ ތެރޭގައި އެ އަދަދު ވަރަށް ބޮޑަށް ދަށްވެ 280،000 އަށް ވެއްޓިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މީހުން މަރުވާ އަހަރީ ނިސްބަތް 2020 ވަނަ އަހަރުގެ ކުރިން ގާތްގަނޑަކަށް 140،000 ގައި ހުރުމަށް ފަހު މިދިޔަ ތިން އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 180،000 އަށް އިތުރުވެފައިވާ ކަމަށެވެ.

ރެޖިސްޓްރާ ޖެނެރަލް ޑިޕާޓްމަންޓުގެ އެންމެ ފަހުގެ ހިސާބުތަކާ ހަވާލާދީ ބުނެފައިވަނީ ވިހެއުމާއި މަރުވުމުގެ ނިސްބަތް ބެލެންސް ނުވާތީ ލަންކާގެ އާބާދީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.

ލަންކާގެ މަރުކަޒީ ބޭންކުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ވެސް އާބާދީ 0.6 ޕަސެންޓް ދަށްވެފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގައިވާ ގޮތުން 2022 ވަނަ އަހަރު 22.2 މިލިއަނުން 2023 ވަނަ އަހަރު 22 މިލިއަނަށް އާބާދީ ވަނީ ދަށްވެފަ އެވެ.

ރިޕޯޓުގައިވާ ގޮތުން 2007 ވަނަ އަހަރު 1.93 ޕަސެންޓުގައި ހުރި އުފަންވާ ނިސްބަތް 2023 ވަނަ އަހަރު 1.12 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. އަދި 2007 ވަނަ އަހަރު 0.59 ޕަސެންޓުގައި ހުރި މަރުވުމުގެ ނިސްބަތް 2023 ވަނަ އަހަރު ވަނީ 0.82 ޕަސެންޓަށް ވަނީ މަތިވެފަ އެވެ.