30 އެޕްރީލް 2024 - 07:07

މީގެ 23 އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމް "އަޝޯކާ"ގެ މޭކަޕް ޓިއުޓޯރިއަލް އިންޓަނެޓުގައި ވައިރަލް ވެއްޖެ އެވެ.
"އަޝޯކާ" އަކީ 2001 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. ކަރީނާ ކަޕޫރް ހާން އާއި ޝާހްރުކް ހާން އުޅޭ އެ ފިލްމަކީ އޭރު އެންމެ މަޝްހޫރުވި އެއް ފިލްމެވެ.
އޭގެ އަހަރުތަކެއް ފަހުން މި ލަވަ ޓިކްޓޮކްގައި ވައިރަލް ވީ ސުވަރްނާދްވިޕާ ކިޔާ މޭކްއަޕް އާޓިސްޓެއް ޕޯސްޓް ކުރި ވީޑިއޯއަކުންނެވެ.
އެ ވީޑިއޯ ވައިރަލްވެ، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ޓިކްޓޮކް ކުޅޭ މީހުން އަންނަނީ މި ޓްރެންޑް ފޮލޯކުރަމުންނެވެ. އަދި މި ވީޑިއޯތަކަށް މިލިއަނުން ވިއުސް އަންނަނީ ލިބެމުންނެވެ.
އެ ވީޑިއޯ އިން ފެންނަނީ "އަޝޯކާ"ގައި ކަރީނާ ކޮށްފައި ހުރި މޭކަޕާއި އޭނާ ބޭނުންކުރި ކަހަލަ ގަހަނާ އަޅައިގެން އުޅޭ ތަނެވެ.
ބައެއް މީހުން ބުނި ގޮތުގައި، މި ޓިއުޓޯރިއަލް ހެދުމަށް 12 ގަޑިއިރު ހޭދަވި އެވެ.
މިހާތަނަށް 23،000 އަށް ވުރެ ގިނަ ވީޑިއޯ ވަނީ މި ޓިއުޓޯރިއަލް އަށް އުފައްދައިފަ އެވެ. އަދިވެސް ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން އަންނަނީ މި ޓްރެންޑް ފޮލޯކުރަމުންނެވެ.
ޓިކްޓޮކުން ވަރަށް ގިނަ މީހުން އާމްދަނީ ހޯދަ އެވެ. ވިއުސް ގިނައިން ލިބޭ ވަރަކަށް ލިބޭ އާމްދަނީ ބޮޑުވެ އެވެ.