ބަންސާލީގެ ނެޓްފްލިކްސް ސީރީޒްގެ ސެޓަކީ 700 މީހުންގެ ހަތް މަސް ދުވަހުގެ މަސައްކަތް
ބަންސާލީގެ ނެޓްފްލިކްސް ސީރީޒްގެ ސެޓަކީ 700 މީހުންގެ ހަތް މަސް ދުވަހުގެ މަސައްކަތް

ނެޓްފްލިކްސްގައި ރިލީޒްކުރާ ބޮލީވުޑް ފިލްމްމޭކާ ސަންޖޭ ލީލާ ބަންސާލީގެ "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ސެޓަކީ 700 މީހުންގެ މަސައްކަތް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ބަންސާލީ އަކީ އަބަދުވެސް ބޮޑެތި ސެޓްތައް ހަދައިގެން ފިލްމު އުފައްދާކަމަށް މަޝްހޫރު މީހެކެވެ. އޭނާގެ ކޮންމެ ފިލްމަކަށް ވެސް އެކިކަހަލަ ތަފާތު ބޮޑެތި ސެޓްތައް ހަދަ އެވެ. އަދި ކޮންމެ ކެރެކްޓާއެއް ހެދުމަށް ވެސް އޭނާ ހާއްސަ ސަމާލުކަމެއްދީފައި ހުރެ އެވެ.

ނެޓްފްލިކްސްގައި އަށް އެޕިސޯޑް ހިމެނޭ ގޮތަށް ރިލީޒްކުރަން ނިންމާފައިވާ "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އިން ފެނުނު ސެޓް އެއީ މިހާތަނަށް އޭނާ ކުރި އެންމެ ފުރިހަމަ، އަދި ކްރިއޭޓިވް މަސައްކަތް ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މި ސެޓުގެ މަސައްކަތަށް އޭނާ 700 މީހަކު ގެންގުޅުނު ކަމަށާއި އެއީ އެ މީހުންގެ ހަތް މަސް ދުވަހުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ފިލްމުގައި ސޮނާކްސީ ސިންހަ، މަނީޝާ ކޮއިރާލާ، އަދިތިއާ ރާއޯ ފަދަ މަޝްހޫރު އެކްޓަރުން ހިމެނެ އެވެ.

ފިލްމުގެ ސެޓުން ވެސް ފިލްމަށް ވަރަށް ބޮޑު ދިރުމެއް ލިބެ އެވެ. މިއީ އޭނާ ސްޓްރީމިން ދާއިރާ އަށް ވަދެވުނު ފުރަތަމަ މަސައްކަތެެވެ.

އާކިޓެކްޗަރަލް ޑައިޖެސްޓް އިން އިންސްޓާމްގައި ޕޯސްޓު ކޮށްފައި ހުރި ފޮޓޯތަކަކުން އޭނާގެ އާ އެ ސެޓުގެ ރީތިކަމާއި ފުރިހަމަކަން ވަރަށް ރަނގަޅަށް ފެނެ އެވެ.

ފިލްމުގައި ފެންނަ ފަރުނީޗަރުތައް ފަރުމާކޮށްފައި ހުރީ 1900ގެ އަހަރުތަކުގައި ހުންނަ ގޮތަށެވެ.

ސަންޖޭ ލީލާ އުފެއްދި ފިލްމުތަކުގެ ތެރޭގައި ދޭވްދާސް، ގަންގޫބާއި، ބާޖިރާއޯ މަސްތާނީ އަދި ޕަދްމާވަތި ފަދަ މޮޅެތި ފިލްމު ހިމެނެ އެވެ. ކޮންމެ ފިލްމަކަށް ހާއްސަ ސެޓެއް އޭނާ ތައްޔާރު ކުރެ އެވެ.