ކުލަ އަލި ނޫން ހަމާ ގުޅޭނެ ފަސް ލިޕްސްޓިކް ކުލަ
ކުލަ އަލި ނޫން ހަމާ ގުޅޭނެ ފަސް ލިޕްސްޓިކް ކުލަ

ބްރައުން ނުވަތަ އާންމުކޮށް ކިޔާ ގޮތުން ނަމަ ކަޅުކޮށް ހުންނަ ހަމާ އެންމެ ގުޅޭނެ ލިޕްސްޓިކް ކުލަ ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ގުޅޭ ކުލައެއް ހޯދަން ޖެހެނީ ސްކިން ޓޯނާ ގުޅޭހެން ތުންފަތުގެ ކުލަ ހުރުމުން ރީތިކަން އިތުރަށް ފުރިހަމަވާތީ އެވެ.

ޕްލަމް އަކީ ގަދަ ދަނބު ކުލައެކެވެ. އަދި ބެރީ އަކީ މެރޫން ނުވަތަ ރަތުގެ އެންމެ ގަދަ އެވެ. މި ކުލަތަކުން ޑާކް ސްކިން ހުންނަ މޫނަށް އިތުރު ރީތި ކަމެއް ގެނެސްދޭނެ އެވެ.

ރަތަކީ ޑާކް ސްކިން އަށް ވަރަށް ނަލަ ކުލައެކެވެ. އޭގެ ތެރޭގައި ކްރިމްސަން، އޮކްސްބްލަޑް ފަދަ ޝޭޑްތަކެވެ.

ރަސްމީ އަދި ނުރަސްމީ ކަންކަމަށް ވެސް މި ކުލަ ރީތި ވާނެ އެވެ. ޖިންޖާބްރެޑް ކަހަލަ ނޫޑް ކުލަތަކުން މީހާގެ އަސްލު ސިފަ ނުގެއްލި ހުންނާނެ އެވެ.

މި ކުލަތަކުން ތުންފަތް އިތުރަށް ދިއްލިފައި ހުންނާނެ އެވެ. މި ކުލަ ބޮޑަށް ގުޅެނީ ކުޅިވަރެއް ނުވަތަ ޕާޓީ ކަހަލަ އިވެންޓަކަށެވެ.

މި ކުލަ ހުންނަނީ މުށި އަދި ޕީޗްކުލަ އެކުވެފައި ހުންނަ އިރު ހުންނަ ކަހަލަ، ތަންކޮޅެއް ޑާކް ޝޭޑަކަށެވެ. ކޮންމެ ކަހަލަ މޭކަޕަކަށް ވެސް މި ކުލަ ވަރަށް ފުރިހަމަ ވާނެ އެވެ.