ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި
ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ބީއެމްއެލްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބާއްވާ އަހަރީ އެވޯޑު ދިނުމުގެ ހަފްލާގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ދީފި އެވެ.

ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި
ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ހުކުރު ދުވަހުގެ ރޭ ކްރޮސްރޯޑުގައި އޮތް މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު، އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ހޯދީ އެ ކުންފުނީގެ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގް އަހުމަދެވެ. މި ހަފްލާގައި އެ ކުންފުނީގެ ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން، އަލީ ފާރިޝް ހަލީލް ވަނީ ބެސްޓް ލީޑާ އެވޯޑު ހޯދައިފަ އެވެ. އަދި އެ ކުންފުނީގެ ޓާމިނަލް މެނޭޖްމަންޓް ޔުނިޓުގެ އަޒާން ރަޝީދު ވަނީ ބެސްޓް މެނޭޖަރު އެވޯޑު ހޯދައިފަ އެވެ.

ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި
ބީއެމްއެލްއިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

މި ހަފްލާގައި އެ ކުންފުނީގެ ޓީމުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑުތަކުގެ ތެރެއިން ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ވަނީ ނައިފަރު ބްރާންޗުން ހޯދަސިފަ އެވެ. މި އެވޯޑު ހަފްލާގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ފަދަ އެކި ކެޓަގަރީތަކުން އެވޯޑު ވަނީ ދީފަ އެވެ.

މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވަނީ ބެންކުގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދޭ އަހއްމިޔަތު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ބެންކުގެ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުންކަން ފާހަގަކުރެއްވި އެވެ.

"ފާތުވި އަހަރު ބޭންކުން ވަނީ ރިކޯޑް ނަތީޖާއެއް ހޯދާފަ. މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރު. މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން. މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށް ވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާކުރަން." ކާލް ވިދާޅުވި އެވެ.

ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް މުވައްޒަފުންގެ އަގުވަޒަންކުރުމަށް އެވޯޑު ހަފްލާއެއް ދަނީ ބާއްވަމުންނެވެ. އެ ބެންކަކީ 99 ޕަސެންޓު ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ތަނެކެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.