މިހާރުގެ ރެސިޕީ: ސެމޮލީނާ ޕިރިނީ
މިހާރުގެ ރެސިޕީ: ސެމޮލީނާ ޕިރިނީ

½ ޖޯޑު ސެމޮލީނާ (ރަވާ)

4 މޭޒުމަތީސަމުސާ ހަކުރު

4 ޖޯޑު ފުލްކްރީމް މިލްކް

2 ސައިސަމުސާ ފޮނިތޮށި (މުގުރި)

8 ކަޖޫނަޓް (މެދުން ފަޅައިފައި)

1 މޭޒުމަތީސަމުސާ ތެޔޮ ނުވަތަ ގިތެޔޮ

½ ސައިސަމުސާ ރޯސް އެސެންސް ނުވަތަ

1 ސައިސަމުސާ ފިނިފެން (ރޯސް ވޯޓާ)

މަޑު މުށިކުލަ އަރަންދެން ކަޖޫނަޓުކޮޅު (ގިތެލުގައި) ހަނާކޮށްފައި ޓިޝޫއެއް މަތީގައި ބެހެއްޓުން. އެހެން ތެއްޔެއް ކުޑަކޮށް ހޫނުކޮށްލައިފައި، މަޑު ގިނީގައި ސެމޮލީނާކޮޅު ހަނާކޮށްލުން. ސެމޮލީނާ ހަނާވާން ފެށުމުން ވަސްދުވާނެ. ވަސްދުވަން ފެށުމުން އޭގެ ތެރެއަށް ކިރުއެޅުން. ކިރު އަޅާނީ މަދުމަދުން، އެއްކުރަމުން. އެއީ ގަނޑުވިޔަ ނުދިނުމަށްޓަކައި. ހަކުރު އެޅުން. ބޮކިޖަހައި ކެކެންދެން (އޮލަވަންދެން) އެއްކުރަމުންގެންދިޔުން. އޮލަވާން ފެށުމުން ރޯސް އެސެންސް ނުވަތަ ރޯސްވޯޓާ އެޅުން. ހޫނުކޮށް ހުއްޓައި ތަށިތަށްޓަށް އެޅުން. އަދި އޭގެ މައްޗަށް ފޮނިތޮށި ކަޖޫނަޓު އެޅުން.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.