22 އެޕްރީލް 2024 - 22:22

ފަލަސްތީނުގެ ޚާން ޔޫނިސްގައި އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގެންގޮސް ގެންގުޅުނު ހޮސްޕިޓަލަކުން ސިފައިން ނުކުމެގެން ދިއުމުން އެތަން ބެލި މަރައި ވަޅުލާފައިވާ 200 މީހެއްގެ ހަށިގަނޑު މިދިޔަ ތިން ދުވަސް ތެރޭ ފެނިފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން އިޒްރޭލުން ބުނީ މި ރިޕޯޓްތަކަކީ ހަގީގަތެއްތޯ ބަލަމުން އަންނަ ކަމަށެވެ.
"ސިވިލް ޑިފެންސް ކްރޫން މިހާރު ވެސް އެ ދަނީ ނާސިރު މެޑިކަލް ކޮމްޕްލެސް ތެރެއިން މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތްކުރަމުން. ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމަޔަށް 200 ހަށިގަނޑު ވަނި ފެނިފައި،" ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
ބައްސާލް ވިދާޅުވި ގޮތުގައި ބައެއް މީހުންގެ ހަށިތައް ފެނުނު އިރު އަންނައުނު ވެސް ވެސް ނެތުމުން މިއީ އަނިޔާކޮށް މަރާފައިވާ މީހުން ކަމަށް ބެލެވެ އެވެ.
އިޒްރޭލު ސިފައިން ޚާން ޔޫނިސްގައި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ފަހު އެތަން ދޫކޮށް ފޭބީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ހިސާރުކޮށްގެން ތިބެ އިޒްރޭލުން ބުނެފައިވަނީ އެތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށާއި އިޒްރޭލުގެ ބައެއް ރަހީނުން ވެސް ފޮރުވައިގެން ގެންގުޅޭ ކަމަށެވެ. މިއީ ހަމާސް އާއި ހަނގުރާމަވެރި އެހެން ޖަމާއަތްތަކުން ވެސް އިންކާރުކޮށްފައިވާ ތުހުމަތެކެވެ. -- އޭއެފްޕީ