20 ފެބުރުއަރީ 2017 - 10:23

އަހަރީ ރިޕޯޓް ހުށަނާޅާތީ 100 އަށް ވުރެ ގިނަ ޓްރެވަލް އޭޖެންސީގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން 116 ޓްރެވަލް އޭޖެންސީއެއްގެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ. އެ ކުންފުނިތަކުގެ ހުއްދަ ބާތިލްކުރީ ޓްރެވަލް އޭޖެންސީ ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް އެ ގަވާއިދުގައި ބުނާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ އެވެ.
ޓްރެވަލް އޭޖެންސީ ހިންގުމާ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން އަހަރީ ރިޕޯޓް ހުށަނާޅާ ޓްރެވަލް އޭޖެންސީތަކުގެ ހުއްދަ ބާތިލް ކުރެވޭނެ އެވެ.
ދާދިފަހުން ސަރުކާރުން ވަނީ ޓްރެވަލް އޭޖެންސީތައް ހިންގުމުގެ ޝަރުތުތައް ލުއިކޮށްދީފަ އެވެ.