ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ސައުދާ އަށް
ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ސައުދާ އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑި މިއަދު ކާމިޔާބުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ނިލަންދޫ ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ ކެންޑިޑޭޓް ސައުދާ އެވެ.

އެ ދާއިރާ އަށް ދެ ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ ސައުދާގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރަޝީދެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ބެހެއްޓި ވޯޓުފޮށީގެ ނަތީޖާ ދައްކާ ގޮތުގައި، ސައުދާ އަށް ވަނީ 251 ވޯޓު ލިބިފަ އެވެ. އަހުމަދު ރަޝީދަށް ލިބުނީ 167 ވޯޓެވެ.

ނިލަންދޫ ދާއިރާގައި ހިމެނޭ ފ. ދަރަނބޫދުގައި ބެހެއްޓި ވޯޓު ފޮށިން ސައުދާ އަށް ލިބުނީ 193 ވޯޓެވެ. އަދި އަހުމަދު ރަޝީދަށް ލިބުނީ 53 ވޯޓެވެ. މިއީ އެންމެ ގިނައިން ވޯޓު ލައިފައިވާ ދެ ފޮއްޓެވެ. އެހެން ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އަދި އާންމުކޮށް އިއުލާން ނުކުރިޔަސް، އޮބްޒާވަރުން ބުނަނީ ދެން ހުރި ވޯޓު ފޮށިތަކުން ސައުދާ އަށް ސާފު އަގުލަބިއްޔަތެއް ލިބިފައިވާ ކަމަށެވެ.

ނިލަންދޫ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 1950 މީހުން ތިބެ އެވެ. އެ ދާއިރާ އަށް 72 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ.