ހޫނުގަދަ ދުވަހެއް؛ އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީން މަތީގައި
ހޫނުގަދަ ދުވަހެއް؛ އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީން މަތީގައި

މިއަދު މެންދުރު ރާއްޖޭގެ ހުރިހާ ހިސާބަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައިފި އެވެ.

ހޫނުގަދަ ދުވަހެއް؛ އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީން މަތީގައި
ހޫނުގަދަ ދުވަހެއް؛ އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީން މަތީގައި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދާ އިރު، މި އިންތިހާބުގައި ވޯޓުލުމަށް ގިނަ ބަޔަކު ވަނީ މި ގަދަ ހޫނުގައި ވެސް ކިޔު ހަދައިފަ އެވެ. ވަރަށް ގިނަ މީހުން ތޮއްޕާއި ކުޑަ އަޅައިގެން ވެސް ވޯޓުލާ މަރުކަޒުތައް ކައިރީގައި އެބަތިއްބެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މިއަދު އެންމެ ހޫނުގަދައީ މާލެ ސަރަހައްދަށެވެ. މެންދުރު 11:00 ގައި ހުޅުލެ އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.2 ޑިގްރީ ސެލްސިއަސްގަ އެވެ. ދެން އެންމެ ހޫނުގަދައީ ހދ. ހަނިމާދު އަށެވެ. އެ ރަށަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީ ސެލްސިއަސްގަ އެވެ.

ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން 42.8 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ގދ. ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 42.2 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ސ. ގަމަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.1 ޑިގްރީ ސެލްސިއަސްގަ އެވެ.

މިއީ ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މި މަހު 10 ގައި ވަނީ މާލެ ސަރަހައްދަށް ހޫނުކަން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސް އަށް ވެސް އަރައިފަ އެވެ. އެއީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނުގަދަ ދުވަހެވެ.