މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50 ގޮނޑި ހޯދައިފި. މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑި. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ ކަންކަން މިހާރު ވަނީ ފަށާފައި. ބެލޭވެ ގޮތުގައި މާ ގިނައިރުތަކެއް ނުވެ ނަތީޖާތައް ލިބެން ފަށާނެ. މިހާރު ގިނަ ތަންތަނުގެ ވޯޓުފޮށިތައް ވަނީ ބަންދުކޮށްފައި.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން 2019 ގައި ބޭއްވި އިންތިހާބުގައި ވޯޓުލާން 81 ޕަސެންޓް މީހުން ނުކުތް.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އީސީން ބުނީ، 5:30 ވީއިރު ވެސް ކިއޫގައި ބަޔަކު ތިބުމުން 200 އެއްހާ ވޯޓުފޮށި އަދި ބަންދު ނުކުރާ ކަމަށް. މި ފަހަރުގެ އިންތިހާބަށް ބެހެއްޓީ 602 ވޯޓުފޮށި.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އީސީ: ހަވީރު ފަހެއް ޖެހުމާ ހަމައަށް 72 ޕަސެންޓް މީހުން ވޯޓުލި.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން ވޯޓު ގުނަން ފަށާނީ ހަވީރު ހައެއް ޖަހާއިރު.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ހަވީރު 5:30 ވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ކިއޫތައް ބަންދުކޮށްފި. އެ ކޮމިޝަނުން ނިންމާފައި ވަނީ 5:30 ވާއިރު، ކިއު އަށް ނާރާ ތިބި އެއްވެސް މީހަކަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމަށް.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ވޯޓުލުން 15 މިނިޓަށް ވެފައިވާއިރު، މާލޭގައި ވަރަށް ގިނަ ބަޔަކު ވަނީ ވޯޓުލާން ނުކުމެފައި. ހާއްސަކޮށް އައްޑު އާއި އެހެން ބޮޑެތި އާބާދީތަކުގެ މީހުން ވޯޓުލާން ނުކުމެފައިވާކަން ފާހަގަކުރެވޭ. އީސީ އިން ބުނެފައި ވަނީ ހަވީރު 5:30 ވާއިރު ކިއޫ އަށް ނާރާ އެއްވެސް ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ނުދޭނެ ކަމަށް.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އެންމެ ފަހުން 2019 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލާފައި ވަނީ 76.27 ޕަސެންޓު މީހުން.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އީސީން ދެންމެ ބުނިގޮތުގައި ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 181،406 މީހުން ކަމަށް.އެއީ 63.73 ޕަސެންޓު. އެ ހިސާބުން ދައްކާ ގޮތުން 36.27 ޕަސެންޓު މީހުން ހަތަރެއް ޖެހުމާ ހަމައަށް ވޯޓު ނުލާ އަދި އެބަތިބި. މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ޖުމުލަ އަދަދަކީ 284،663.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 3:00 އާ ހަމަޔަށް، 56.26 ޕަސެންޓް މީހުން ވަނީ ވޯޓު ލާފައި. ވޯޓުން ދިން މީހުންގެ ތެރޭގައި ހިމެނެނީ 77،227 އަންހެނުންނާއި 82،931 ފިރިހެނުން.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

މި އިންތިހާބުގައި މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް 52 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ ޖުމްލަ 148،894 މީހުން.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ޕޮލިސް: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓަން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި. ފުލުހުން ބުނީ އެކަކު ހައްޔަރުކުރީ ވޯޓު ކަރުދާސްކޮޅު ދެއްކުމުން ކަމަށް. ވޯޓު ކަރުދާސްކޮޅު ދެއްކުމަކީ ގާނޫނީ ކުށެއް. ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީން ދެ މީހަކު ވަނީ ހައްޔަރުކޮށްފައި.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

މި އިންތިހާބުގައި ވޯޓުލުން ދޮޅު ގަޑިއިރަށް އިލެކްޝަންސް ކޮމިޝަނުން އޮތީ އިތުރުކޮށްދީފައި. އާއްމުކޮށް އިންތިހާބުތަކުގައި، 4 ޖަހާއިރު ވޯޓު ކިޔޫ ބަންދުކުރި ނަމަވެސް މިފަހަރު 5:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ. އޭގެ ފަހުން ވަގުތު އިތުރުނުކުރާނެ ކަމަށް އިލެކްޝަންސުން ބުނޭ.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ނިންމުން ނިންމީ މައިގަނޑު ދެ ކަމަކަށް ބެލުމަށް ފަހު. އެއީ މޫސުން އޮތް ގޮތަށް ބަލައި ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެތީ.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

މާލޭގެ ވޯޓު މަރުކަޒުތަކުގައި ކިޔޫއެއް ނެތް. ވަދެގެންދާ ގޮތަށް ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖަހައި ފޮއްޓަށް ވައްޓާލުމަށް ފަހު ނުކުމެވޭ.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އިންތިހާބު ރަނގަޅަށް ދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް. އެމަނިކުފާނު ގޮވާލެއްވީ ހަމަޖެހުމާއި އަމާންކަމާ އެކު ވޯޓުގެ ކަންކަން އަވަހަށް ނިންމާލުމަށް.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އެޗްއާރުސީއެމް: ކޮމިޝަނުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ވޯޓުލާ ބައެއް މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމުންނާއި އިންތިޒާމް ހަމަޖެހިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަަމަށް. ޖުމްލަކޮށް އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ އޮމާންކަމާ އެކު ކަމަށް ކޮމިޝަނުން ބުނޭ.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އީސީ: ވޯޓުލީ ނިސްބަތް ގާތްގަނޑަކަށް 40 ޕަސެންޓަށް އަރައިފި. މިހާތަނަށް 18 ޕަސެންޓް އަންހެނުންނާއި 21 ޕަސެންޓް ފިރިހެނުން މި އިންތިހާބުގައި ވޯޓުލައިފި. މަޖިލިސް އިންތިހާބުގައި މިފަހަރު 93 ދާއިރާ އިން މެމްބަރުން އިންތިހާބުކުރާނެ.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ހިއުމަން ރައިޓްސް ކޮމިޝަން: ވޯޓުލުމުގެ އިންތިޒާމްތައް ރަނގަޅު. އީސީން ތައްޔާރުވެފައި އޮތް ގޮތަށް ގިނަ މަރުކަޒުތަކުގައި އަށެއް ޖެހިއިރު ވޯޓުލުން ފެށުނު. ބައެއް މަރުކަޒުތަކުގައި ލަސްވީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތައް ލަސްވުމުން.
"މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާ އެކު ކުރިއަށްދޭ."

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ގާތްގަނޑަކަށް ލައްކައަކާ ގާތްކުރާ އަދަދަށް މީހުން މިހާތަނަށް ވޯޓުލާފައިވާ އިރު ބޮޑު މައްސަލައެއް ދިމާނުވާ ކަމަށް އީސީގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވި. ހުރިހާ ދިމާލެއްގައި ވޯޓުލުން ދަނީ އަމާންކަމާ އެކު ކަމަށް ވިދާޅުވި. އީސީން ދެކޭ ގޮތުގައި ވޯޓުލާން މިހާތަނަށް ނުކުތް ޕަސެންޓޭޖު ރަނގަޅު.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

މެންދުރު 12 ޖެހުމާ ހަމައަށް 32 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ 93،224 މީހުން ކަމަށް އިލެކްޝަންސުން ބުނޭ.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

ހެނދުނު 8:00 އިން ފެށިގެން 11:00 އާ ހަމަޔަށް 29،762 އަންހެނުންނާއި 41،187 ފިރިހެނުން ވޯޓުލާފައިވޭ. މިއީ ޖުމްލަ 70،949 މީހުން. މި އަދަދަކީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 24.92 ޕަސެންޓް.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

މެލޭޝިއާގައި ވޯޓުލާން ދާ މީހުންނަށް ހައި ކޮމިޝަނުން ދަނީ ކެއުން ހަމަޖައްސައިދެމުން. އެތަނުގައި ހުރި "މިހާރު" މެނޭޖުމަންޓުން ހިންގާ "ދަ އެޑިޝަން" ގެ ނޫސްވެރިޔަކު ބުނީ "ފްރީ މީލް" ވައުޗާ ދިނުމަށް ފަހު، ވޯޓު ނުލާ މީހުންނަށް ވެސް ފްރީ މީލް ލިބޭނެ ކަމަށް ބުނި ކަމަށް.

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 10:00 އާ ހަމަޔަށް ވޯޓު ދިނީ 16 ޕަސެންޓް މީހުން. އެއީ ޖުމްލަ 47،296 މީހުން. އެއީ 17،885 އަންހެނުންނާއި 29،411 ފިރިހެނުން.

މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވެސް ވޯޓުލުން މިހާރު ވަނީ ފެށިފައި.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ދެއްވުމަށް ފަހު ވިދާޅުވީ ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް. ސިޓީތަކާއި ކުދި ރަށްތަކުން ވެސް އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ވިދާޅުވި.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ހެނދުނު 9:00 އާ ހަމަޔަށް ވޯޓުލީ 8.7 ޕަސެންޓް މީހުން. އެއީ 24،703 މީހުން.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިހާރު ހުރިހާ ފޮއްޓެއްގައި ވެސް ވަނީ ވޯޓުލުން ފެށިފައި. މިފަހަރު ރާއްޖެ އާއި ރާއްޖޭން ބޭރުގައި 602 ވޯޓުފޮށި ބަހައްޓާފައިވޭ.

ރައީސް ޑރ. މުއިއްޒު: އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ވޯޓު ލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެކޭ އަދި ޒިންމާއެކޭ. އެހެންވެ ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރައްވާށޭ. ހަވީރުވަންދެން މަޑުނުކުރައްވައި ވޯޓު ލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވުމަކީ ތިޔަބޭފުޅުންނަށް އޮތް ހައްގެއް އަދި ޒިންމާއެއް

ވިހި ވަނަ މަޖިލީހަށް މެމްބަރުން މި ހޮވަނީ ކުރިއާ ހިލާފަށް ދާއިރާތައް އިތުރުކޮށް. މި ދައުރު ނިމުނީ 87 ދާއިރާގައި. މަޖިލީހަށް އިތުރުވި ހަ ދާއިރާ އަކީ، ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ، ހިތާދޫ ދާއިރާ، ހުރާ ދާއިރާ، ކޮލަމާފުށި ދާއިރާ، އައްޑޫ ފޭދޫ އުތުރު ދާއިރާ.

ރައްޔިތުންގެ މަޖިލީހުގެ ހަޔާތުން މި އިންތިހާބު ކުރަނީ 20 ވަނަ މަޖިލިސް. ތިން ބާރު ވަކިވެފައި އޮތް ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ސަރުކާރަށް މުހިންމު ވަނީ ވެރިކަން ކުރުމުގައި ވެސް ގާނޫނު ހަދާ މަޖިލިސް ބޮޑުކަމުން. އެހެންވެ، އާ ގާނޫނުއަސާސީ އޮގަސްޓް 15، 2008 ގައި ވުޖޫދުވުމާ ހިސާބުން ފެށިގެން އައި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުތައް އެވަގުތެއްގައި އޮތް ސަރުކާރަކަށް މުހިންމުވޭ. އަދި، މަޖިލިސްގެ އިންތިހާބަށް ސަރުކާރުން ވަރަށް ސީރިއަސްވެ، މަޖިލީހުގެ ގޮނޑިތައް ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. މިފަހަރުގެ އިންތިހާބު ވެސް މި ދަނީ އެގޮތަށް.

ވޯޓު ދެއްވުމަށް ފަހު ރައީސް މީޑިއާއަށް ވިދާޅުވީ ވީ އެންމެ އަވަހަކަށް ވޯޓުލުމުގެ ކަންކަން ނިންމާލެއްވުމަށް.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވޯޓު ދެއްވައިފި. އެ މަނިކުފާނު ވޯޓު ދެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ، ދާއިރާގެ ފޮއްޓަށް.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލާން ކަނޑައެޅި ގަޑިއަށް 90 ޕަސެންޓަށްވުރެ ގިނަ ތަންތަނުގައު ވަނީ ވޯޓުލާން ފެށިފައި. އެއްވެސް ތަނެއްގައި މާބޮޑު މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް އޮމާންކަމާ އެކު ކުރިއަށްދާ ކަމަށް ކޮމިޝަނުން ބުނޭ.

ހެނދުނު 8 ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު، މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ވަރަށް ދިގު ކިއުތަކެއް މިހާރު ވެސް އެބައޮތް. ވަރަށް ގިނަ ބަޔަކު ހެނދުނު ވޯޓުލާން ނުކުމެފައިވާ ކަން މާލޭގެ ވޯޓު މަރުކަޒުތަކުން ފާހަގަކުރެވޭ.

އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މާލެ އާއި އެކި ރަށްރަށުގައި ދެންމެ ފަށައިފި އެވެ.

މިއަދުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 5:30 ވަންދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާނެ އެވެ.

އެ ކޮމިޝަނުން ރޭ ބުނެފައި ވަނީ ވަގުތު ހަމަވުމަށް ފަހު، ވޯޓުލާން އެންމެ މިނިޓެއް ވެސް ނުދޭނެ ކަމަށެވެ. އެހެންވެ، ހުރިހާ އެންމެން ވެސް އޭގެ ކުރިން ނުކުމެ ވޯޓުލުމަކީ އީސީގެ އެދުމެކެވެ.

މި ފަހަރުގެ މަޖިލިހަށް 93 ކެންޑިޑޭޓުން ހޮވަން ޖެހޭއިރު 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 130 ކެންޑިޑޭޓަކު ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ވޯޓުލެވޭ އާބާދީއަކީ 284،663 އެވެ. އެއީ 145،302 ފިރިހެނުންނާއި 139،661 އަންހެނުންނެވެ. އީސީ އިން ބުނެފައިވާ ގޮތުގައި މި އިންތިހާބަށް ވަނީ 287،462 ކަރުދާސް ޗާޕުކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނެފައި ވަނީ ކަޅު، ނުވަތަ ނޫކުލައިގެ ގަލަމެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒަށް ނުވެއްދޭނެ ކަމަށެވެ. ފޯނާއި އަތްދަބަސް ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން ވަނީ މަނާކޮށްފަ އެވެ.