ސިމްޑީ ރޯދަ ޕްރޮމޯޝަންގެ 100،000ރ. ދީފި
ސިމްޑީ ރޯދަ ޕްރޮމޯޝަންގެ 100،000ރ. ދީފި

މި އަހަރު ސިމްޑީން ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް ހުށަހެޅި 100،000ރ. ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ސިމްޑީ ރޯދަ ޕްރޮމޯޝަންގެ 100،000ރ. ދީފި
ސިމްޑީ ރޯދަ ޕްރޮމޯޝަންގެ 100،000ރ. ދީފި

ބޮޑު އިނާމުގެ ނަސީބުވެރިޔަކަށް ހޮވުނީ އަހުމަދު އަލްވިން މުހައްމަދު އައްބާސް އެވެ. އޭނާ ހޮވުނީ މިދިޔަ އާދިއްތަ ދުވަހު އޮތް ގްރޭންޑް ލަކީޑްރޯގައި ނެގި ގުރުއަތުންނެވެ.

ހޮނިހިރު ދުވަހު ސިމްޑީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ވަނީ ފައިސާގެ އިނާމު އަހްމަދު އަލްވިންއާ ހަވާލުކޮށްފަ އެވެ.

ސިމްޑީން މި އަހަރުގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 13 އިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިކުރީ 500ރ. މަތިން ވިޔަފާރިކުރި ކަސްޓަމަރުންނެވެ. މި ޕްރޮމޯޝަނުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ވެސް އަގުހުރި އިނާމެއް ވަނީ ދީފަ އެވެ.

މި ޕްރޮމޯޝަންގައި ސިމްޑީގެ ހުރިހާ ފިހާރަތަކާއި މޮބައިލް އެޕް މެދުވެރިކޮށް ވިޔަފާރިކުރި ކަސްޓަމަރުން ވެސް ބައިވެރިކުރި އެވެ.