އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އެ އެއްބަސްވުން ހެދީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ އެކުގަ އެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށް ފެނަކައިގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ. ޑޮންފެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ސަން ޒެންޕިންގް އެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އެ ރަސްމިއްޔާތުގައި މުއާޒް ވިދާޅުވީ އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަކީ އައްޑޫގެ ރައްޔިތުން ހައްލަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ކުރީގެ ސަރުކާރުތަކުން ހައްލު ކުރުމަށް މަސައްކަތްކުރި ނަމަވެސް މިއަދާހަމައަށް ވެސް ހައްލު ނުލިބިއޮތް މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މި އެއްބަސްވި އެއްބަސްވުމާ އެކު (އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ) މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް 20، 25 ވަރަކަށް އަހަރަށް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ރަނގަޅު ކުރުމަށްޓަކައި ވެވުނު އެއްބަސްވުމަކީ 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރއްގީ ކުރެވިގެންދާނެ ޕަވާޕަލާންޓެއް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

"މި ޕްލާންޓް އިންސްޓޯލް ކުރަނީ ފޭސްތަކަކަށް ބަހާލައިގެން. އެއީ 9.8 މެގަވޮޓްގެ ދެ ޖެންސެޓާއި 5.8 މެގަވޮޓްގެ ދެ ޖެންސެޓް އިންސްޓޯލް ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އެ ޕްރޮޖްކެޓް ނިމޭއިރު 50 މެވަގޮޓްއާ ހަމައަށް އަޕްގްރޭޑް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުރި ޕަވާޕްލާންޓެއް ހުންނާނެ ކަމަށެވެ. އެ މަސައްކަތާ އެކު، އައްޑޫގެ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ބްރިޖްގެ މައްސައްކަތް ނިމުމުން އެ ރަށަށް ވެސް ކަރަންޓު ދޫކުރެވޭނެކަން މުއާޒް ވިދާޅުވި އެވެ.

ޑިވެލޮޕާ ފައިނޭންސް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މަސައްކަތަށް ފެނަކައިން ފައިސާ ދައްކާ ނިންމަން ދީފައިވާ މުއްދަތަކީ 12 އަހަރު ކަމަށް މުއާޒް ވިދާޅުވި އެވެ.