ޓަޗް އައިޑީގެ ބަދަލުގައި އައިފޯނު8 އަށް ތްރީޑީ ލޭޒާ ސްކޭނާއެއް
ޓަޗް އައިޑީގެ ބަދަލުގައި އައިފޯނު8 އަށް ތްރީޑީ ލޭޒާ ސްކޭނާއެއް

އެޕަލް އަށް މިއީ ބޮޑު އަހަރެކެވެ. އައިފޯނަށް 10 އަހަރު ފުރޭތީ އެވެ. މި މުނާސަބަތުގައި އެޕަލުން ކުރާނެ ކަމެއް ވެސް ނޭނގެ އެވެ. އުފައްދާނެ އެއްޗެއް ވެސް ނޭނގެ އެވެ. ވަފާތެރިންނަށާއި ބޭނުންކުރާ މީހުންނަށް ދޭނީ ކިހާ ވަރެއްގެ ހައިރާންކަމެއްކަން ވެސް ނޭނގެ އެވެ.

ދައްކާ ވާހަކަތަކަށް ބަލާއިރު އައިފޯނު8 މިި އަހަރު އުފައްދާނެ އެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތަކުގައި އޮއްޓަރެއް ހުރި ނަމަ، އައިފޯން 7އެސް އަދި އައިފޯނު 7އެސް ޕްލަސް ވެސް އުފައްދާނެ އެވެ. މާނަ އަކީ މި އަހަރު އައިފޯނު ތަފާތު ތިން ސައިޒަކަށް އުފައްދާނެ ކަމެވެ.

އައިފޯނު 7އެސް އާއި އައިފޯނު 7އެސް ޕްލަސް އަކީ ގަދީމީ ޒަމާނުއްސުރެ އެޕަލް އިން ދަމަހައްޓާ ސަގާފަތެކެވެ. އެކަމުގައި އެއްވެސް ސުވާލެއް ނެތެވެ. ހުރިހާ ސުވާލެއް އަމާޒުކުރެވެނީ އައިފޯނު އަށަކަށެވެ.

އައިފޯނު8 ގައި ފިންގާޕްރިން ސްކޭނާއެއް ނުހުރެ އެވެ. ފޯނުގައި އިންނަނީ "ކާވް ސްކްރީން"އެކެވެ. އޯލެޑް ޑިސްޕްލޭއެކެވެ. ސައިޒަކީ 5.8 އިންޗި އެވެ.

ފިންގާޕްރިންޓް ސްކޭނާގެ ބަދަލުގައި ތައާރުފުކުރަނީ "ތްރީޑީ ލޭޒާ ސްކޭނިން" އެވެ. ފިންގާޕްރިންޓަށް ވުރެ ރައްކާތެރިކަން ބޮޑު ފިޗާއެކެވެ. އިނގިލިތަކުގައި ހުންނަ ތެލުގެ ސަބަބުން ފިންގާޕްރިންޓް ސްކޭނާ މަސައްކަތްނުކުރާ ހާލަތްތައް ދެން ތަޖުރިބާކުރާކަށް ނުޖެހޭނެ ކަމަށް ވެ އެވެ. ތްރީޑީ ސްކޭނާގެ ބޭނުމަކީ ބޭނުންކުރާ މީހާގެ ސިފަ ރެކޯޑްކުރުމެވެ. ފޯނު އުފުލައިލުމާ އެކު މޫނު ސްކޭންކޮށް ނިންމާލަ އެވެ.

އައިފޯނު8 އަށް އާދަޔާ ޚިލާފު ބާރުތަކެއް އެޕަލުން ދޭނެ އެވެ. ދިހަ އަހަރަށް ފަހު އައިފޯނު އަލުން ދިރުވާއިރު، އައިފޯނު އުފެއްދިއިރު ބުނި ބުނުންތަކަށް ވުރެ މޮޅު ބުނުތަކެއް ހުންނާނެކަން ކަށަވަރެވެ.

ސްމާޓްފޯން އަލުން އީޖާދުކުރީ އެޕަލުންނެވެ. ދިހަ އަހަރު ވިއިރު ވެސް ކޮންމެ އަހަރަކު އާ އީޖާދެކެވެ. މި އަހަރު ވެސް މުޅިން އާ އީޖާދެކެވެ. މަސްރަހު ދިރާސާކުރާ މީހުން ބުނަނީ އެޕަލުން އައިފޯނު8 ނެރެފި ނަމަ އެ ވާނީ މުޅިން އާ އީޖާދަކަށް ކަމަށެވެ.