ޓްރީ ޓޮޕް ހިތާނީ ކޭމްޕަށް ނަން ނޯޓު ކުރަނީ
ޓްރީ ޓޮޕް ހިތާނީ ކޭމްޕަށް ނަން ނޯޓު ކުރަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ހިތާނީ ކޭމްޕަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކްތަމް އަބްދުއްލާޔެވެ، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހިމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، އަދި ޑރ. އަބްދުﷲ އުބައިދުގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ ހިމެނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ ކުރީ އަހަރުތަކުގެ ހިތާނީ ކޭމްޕުތަކަށް ލިބުނު ތަރުހީބު މި އަހަރު ވެސް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ކޭމްޕު ކުރިއަށް ގެންދާއިރު ކުދިންނަށާއި މައިންބަފައިންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރުމަށް އިސްކަން ދޭ ކަމަށާއި އެންމެ ފުރިހަމައަށް ހިދުމަތްތައް ދިނުމަށް ޑޮކްޓަރުންގެ ޓީމެއް އެކުލަވާލާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ޙިތާނީ ޕެކޭޖުގެ އަގަކީ 5000ރ. އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.