16 އެޕްރީލް 2024 - 05:17

ސްރީ ލަންކާގެ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި 262 ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަތުލައިގެންފި އެވެ.

ސްރީ ލަންކާގެ އެންމެ ދެކުނުގައި އޮންނަ ޑޮންޑްރާއާ 133 ނޯޓިކަލް މޭލު (246 ކިލޯމީޓަރު) ބޭރުން ދަތުރުކުރި ބޯޓަކުން ހުކުރު ދުވަހު ސިފައިން ވަނީ 179 ކިލޯގްރާމް ކްރިސްޓަލް މެތަފަޓަމިން އަދި 83 ކިލޯގްރާމް ހެރޮއިން އަތުލައިގެންފަ އެވެ.
ސިފައިން ބުނީ އިންޓެލިޖެންސް މައުލޫމާތަކަށް ހިންގި އޮޕަރޭޝަންގައި އަތުލައިގަތީ ލަންކާގެ މަސްބޯޓެއް ކަމަށާއި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ބޯޓުގައި ހަ މީހަކު ތިބި ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ އަގު 3.7 މިލިއަން ސްރީ ލަންކާ ރުޕީސް އަށް އަރާނެ ކަމަށް ވެސް ބުންޏެވެ.
މި ބޯޓުގެ އިތުރުން، އެ ބޯޓުން ފެނުނު ޑްރަގްސްއާ ކަނޑުމަތިން ހަވާލުވާން މަޑުކޮށްގެން އޮތް ކަމަށް ބެލެވޭ މަސްބޯޓެއް ވެސް ވަނީ އަތުލައިގެންފަ އެވެ.
އަތުލައިގަތް މަސްތުވާތަކެތި ހުރީ 17 ގޯންޏެއްގައި ބަންދުކޮށްފައި ކަމަށާއި މި ތަކެތި މިހާރު ވަނީ ގޯލް ބަނދަރަށް ގެންގޮސްފަ އެވެ.
ލަންކާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ އަގު 9.3 މިލިއަން ރުޕީސް އަށް އަރަ އެވެ.