އީރާނުން ފޮނުވާލި ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބު: އިޒްރޭލް
އީރާނުން ފޮނުވާލި ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބު: އިޒްރޭލް

އިޒްރޭލަށް އަމާޒުކޮށް އީރާނުން ފޮނުވާލި ޑްރޯން އަދި މިސައިލް ހަމަލާތަކުގެ 99 ޕަސެންޓް ވައްޓާލައި ނާކާމިޔާބުކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އީރާނުން ފޮނުވާލި ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބު: އިޒްރޭލް
އީރާނުން ފޮނުވާލި ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބު: އިޒްރޭލް

އިޒްރޭލުން ބުނި ގޮތުގައި އީރާން ހަމަލާއެއް އަސްކަރީ މަރުކަޒަކަށް އަމާޒުވެ އާދައިގެ ގެއްލުންތަކެއް ވެފައިވެ އެވެ. ހަމަލާތަކުގައި ޒަހަމްވީ ވެސް އެންމެ މީހެއް ކަމަށް ބުންޏެވެ.

އިޒްރޭލަށް އަމާޒުކޮށް އީރާނުން 300 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލި ކަމަށް އިޒްރޭލުން ބުންޏެވެ. މި ހަމަލާތައް އައީ އީރާނާއި އިރާގާއި ޔަމަންގެ ތެރެއިން ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

މި ހަމަލާތަކަށް ފަހު އީރާނުން އދ.ގެ ސަލާމަތީ މަޖިލީގަށް ފޮނުވި ސިޓީއެއްގައި، އީރާނުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްކުރަން ބޭނުން ނުވާ ކަމަށާއި މިއީ ސީރިއާގައި ހުންނަ އީރާން އެމްބަސީއަށް ދިން ހަމަލާގެ ބަދަލު ހިފުން ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އީރާންގެ ހަމަލާތައް އިންޓަސެޕްޓުކޮށް ގާތްގަނޑަކަށް ހުރިހާ ހަމަލާއެއް ނާކާމިޔާބުކޮށްލުމުގައި އެމެރިކާއިން އެހީތެރިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ބައިޑެން ވަނީ ޖީ7 ގެ ގައުމުތަކުގެ ބައްދަލުވުމެއް ބާއްވައި އީރާނާ މެދު ފިޔަވަޅު އަޅައި އަސްކަރީ އިތުރު ހަމަލާއެއް ނުދޭނެކަން ކަށަވަރު ކުރައްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބައިޑެން ވިދާޅުވީ އޭނާ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އަށް ފޯނުކުރައްވައި އިޒްރޭލު ދިފާއުކުރުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

"އަޅުގަނޑު ދެންނެވިން ކުއްލިއަކަށް އައި މިހާ ބޮޑު ހަމަލާއަކުން ދިފާއުވުމުގައި އިޒްރޭލުގެ ގާބިލްކަން ވަރަށް ވަރުގަދައަށް ދައްކައިދީފިއޭ -- މިއީ އިޒްރޭލަށް ނުރައްކާ ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުގެ މެސެޖެއް،" ބައިޑެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާންގެ ހަމަލާއެއްގެ ބިރު ބޮޑުވުމާ އެކު އެމެރިކާގެ އަސްކަރީ އެއާކްރާފްޓްތަކާއި ބެލަސްޓިކް މިސައިލް ގޮއްވާލާ އާލާތްތައް މެދުއިރުމަތީގައި ތައްޔާރީ ހާލަތަށް ގެނައުމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި މިކަމުގައި ސިފައިން ދެއްކީ ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ބައިޑެން ވަނީ އިޒްރޭލުން އަނެއްކާ އީރާނަށް ހަމަލާދީ ބަދަލުހިފުން ރައްކާތެރި ނޫން ކަމަށް ވިދާޅުވެ އެފަދަ ހާލަތެއްގައި އެމެރިކާއިން އެކަމުގައި ބައިވެރިނުވާނެކަން ނަތަންޔާހޫ އަށް ދަންނަވައިފަ އެވެ.