13 އެޕްރީލް 2024 - 22:39

ހުޅުމާލެ 2 ގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މިރޭ ނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ހަވީރު، 5:00 ހާއިރު ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ.
އެ ދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ނިޔާވީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، 18 އެވެ.
އޭނާގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާގައި މިރޭ 12:00 ގަ އެވެ.
އެ އެކްސިޑެންޓު ހިނގި ދުވަހު ފުލުހުން ވަނީ އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު ބަޔަކު ތިބި ނަމަ ފުލުހުންނަށް އެކަމުގެ މައުލޫމާތު ދިނުމަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ. އެކަމަކު އެ އެކްސިޑެންޓާ ބެހޭ ތަފްސީލެއް ފަހުން ހާމަކޮށްފައެއް ނުވެ އެވެ.