ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި
ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި

ގުދުސް (ޖޫން 12) - ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ކުޑަ ކުއްޖާގެ ގެ އިޒްރޭލް ސިފައިން ތަޅާ ސުންނާފަތި ކޮށްލައިފި އެވެ.

ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި
ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި

އޭއެފްޕީގެ ފޮޓޯގްރާފަރަކު ބުނީ ހުޅަނގު އައްސޭރީގެ ބައިތު އަމްރާގައި ހުރި ގެ އިޒްރޭލުގެ ބުލްޑޯޒަރުތަކުން ބިމާ ހަމަކޮށްލީ އެ ކުޑަ ކުއްޖާގެ އާއިލާގެ މީހުންގެ ކުރިމަތީގައި ކަމަށެވެ.

ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި
ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި

ފަލަސްތީނުގެ ޒުވާން ކުއްޖާގެ ހަމަލާގައި އިޒްރޭލުގެ 38 އަހަރުގެ ނަރުހަކު މިދިޔަ ޖެނުއަރީ މަހު މަރުވުމާ ގުޅިގެން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ހަމަލާ ދިން ކުއްޖާގެ ގެ ސަލާމަތުން ނުބަހައްޓާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. ހަމަލާ އަށް ފަހު އިޒްރޭލް ސިފައިން ވަނީ ފަލަސްތީނުގެ 15 އަހަރުގެ މުރާދު އިދްރީސް ހައްޔަރުކޮށްފަ އެވެ.

ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި
ޔަހޫދީ އަންހެނަކަށް ހަމަލާ ދިން ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލައިފި

އިޒްރޭލް މީހުންނަށް ހަމަލާ ދޭ ފަލަސްތީނު މީހުންގެ ގެ ތަޅާލުމަކީ އާއްމު ކަމެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ އެކަކު ކުރާ ކުށަކަށް މުޅި އާއިލާ އަށް އަދަބު ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

އިޒްރޭލުގެ ހަތަރު މީހަކު ތެލް އަވީވުގައި ބުދަ ދުވަހު މަރާލި ފަލަސްތީނުގެ ދެ ޒުވާނުންގެ ގެ ވެސް ތަޅާލުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. --އޭއެފްޕީ