09 އެޕްރީލް 2024 - 11:20

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ރޭސިން ސައިކަލެއްގައި ޖެހި އެކްސިޑެންޓިވި މީހާ އަށް އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
ހއ. ކެލާ، ފޭރުމާގޭ، އުމުރުން 69 އަހަރުގެ އަލީ ނަސީރު އެކްސިޑެންޓުވީ ހުޅުމާލޭ "މަސްޖިދުއް ރަޝީދު" ގައި ތަރާވީހު ނަމާދުކޮށް، ނިމިގެން ގެއަށް ވަންނަނިކޮށް، އެ ގެ ކައިރީގައި ރޭސިން ޖަހަން އުޅުން ޒުވާނެއްގެ ސައިކަލުން ޖެހިގެންނެވެ.
އަލީ ނަސީރަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ނަމަވެސް ފަހުން އާއިލާ އިން އެދިގެން އޭޑީކޭ ހޮސްޕިޓަލަށް ބަަދަލުކުރީ އެވެ.
އަލީ ނަސީރުގެ ދަރިފުޅު، މުހައްމަދު ސާއިފް ބުނީ ނަސީރު އަށް އަދި ވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެކަމަކު، މިހާރު މަޑުމަޑުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
އެ އެކްސިޑެންޓުގައި ނަސީރުގެ ބޯ ފަސް އިންޗި އަށް ވުރެ ބޮޑަށް ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅި، ފުއްޕާމެޔަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި އުމުރުން 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.