އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި
އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި

ފިތުރު އީދަށް ސިޓީތަކާއި ރަށްތައް ބޮކިފައްޗާއި ގިޑިގެތަކުން ދިއްލައި، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް މިރޭ އަލުން ހުޅުވައިފި އެވެ.

އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި
އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ.

އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި
އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި

ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް "އީދު އަލި" ހަރަކާތް ފެށުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. ކުޑަ އީދުގެ އުފާ ފާހަގަކުރުމަށް ބޮކިފައްޗާއި ގިޑިގެތަކުން މާލެ އާއި އެހެން ސިޓީތަކާއި ހުރިހާ އަތޮޅެއްގެ ވެރިކަން ކުރާ ރަށް މިރޭ ވަނީ ދިއްލާލައިފަ އެވެ.

އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި
އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އާއި އެ ދެކަނބަލުންގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އާއިލާ ވެސް މި ރަސްމިއްޔާތަށް ވަޑައިގަތެވެ.

އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި
އީދަށް ސިޓީތަކާއި ރަށްތައް ދިއްލައި، ފެންއަރުވާ ވަޑާން އަލުން ހުޅުވައިފި

ވީރާނާ ވަމުންދިޔަ ފެންއަރުވާ ވަޑާން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތުކޮށް، ކުޑަ އީދަށް އެތަން އަލުން ހުޅުވުމުގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ. މި ރަސްމިއްޔާތުގައި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝިރީފް ވެސް ބައިވެރިވެވަޑައިގަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާ އެކު ހިތްގައިމު ގޮތަކަށް ތައްޔާރު ކުރި މި ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އެމްޓީސީސީން ހެދި ތަނެކެވެ.

އެކި ކުލަތަކުން ދިއްލޭ ގޮތަށް ފެންއަރުވާ ވަޑާން ހެދީ އާންމުންނަށް ވެސް އެތަނުގެ ތެރެއަށް ވަދެވޭ ގޮތަށެވެ.

އެ ފެންއަރުވާ ވަޑާން ޖުމްހޫރީ މައިދާނުގައި ބެހެއްޓީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވަނިކޮށެވެ. ނަމަވެސް، މިދިޔަ ސަރުކާރުން އެ ތަނެއް ނުބަލަހައްޓަ އެވެ. މޭޔަރު ކަމުގައި ރައީސް ވަނީ ޖުމްހޫރީ މައިދާނުގައި އަލުން ވިނަ އިންދައި ފެހިކޮށްފަ އެވެ.

މި އަހަރު މާލޭގައި ކުލަގަދަކޮށް ކުޑަ އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.