09 އެޕްރީލް 2024 - 03:54

ފްރާންސްގެ އަވަށެއްގެ މޭޔަރާއި އޭނާގެ ދެބެއިން 70 ކިލޯ (150 ޕައުންޑް) ގެ ކެނަބިސް ރެސިން އެ މީހުންގެ ގެއިން ފެނިގެން ހައްޔަރުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހޫގްސް ޑި ފިލީ އޭއެފްޕީއަށް ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން އެވަލޮންގެ މޭޔަރު އަދި ސަރަހައްދީ ކައުންސިލަރުކަން ވެސް ކުރައްވާފައިވާ ޖަމީލާ ހަބްސައުއީ އަކީ އިރުމަތީ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތަހުގީގަށް ފަހު ފުލުހުން ބޭނުންވާ ބައެއް ކަމަށެވެ.
ޕީޖީ ވިދާޅުވީ މޭޔަރުގެ ގެއާއި ޓައުން ހޯލާއި ހަބްސައުއީ މަސައްކަތްކުރާ ބޭސްފިހާރަ ވެސް ބަލައިފާސްކުރި ކަމަސާއި އޭނާގެ ގެއިން މަސްތުވާތަކެތި ފެނުނު ކަމަށެވެ.
މިއީ ފްރާންސްގެ ސިޓީތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރަމުން ގެންދާތީ އެކަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ. -- އޭއެފްޕީ