ތަދުތަކަށް ފަރުވާދިނުމަށް ހާއްސަ އިންޑިއާގެ ޑަރާޑިއާ ހޮސްޕިޓަލުގެ ފައުންޑަރު ޕެއިން ކްލިނިކަށް
ތަދުތަކަށް ފަރުވާދިނުމަށް ހާއްސަ އިންޑިއާގެ ޑަރާޑިއާ ހޮސްޕިޓަލުގެ ފައުންޑަރު ޕެއިން ކްލިނިކަށް

ތަދުތަކަށް ފަރުވާދިނުމުގައި އިންޑިއާގައި އެންމެ މޮޅު އެއް ހޮސްޕިޓަލް، ޑަރާޑިއާގެ ފައުންޑަރު އަދި ޑޮކްޓަރު ގޯތަމް ދާސް މި މަހު ޕެއިން ކްލިކުގައި ބަލި މީހުން ބަލަން ހަމަޖެހިފައިވާ ކަމަށް ޕެއިން ކްލިނިކުން ބުނެފި އެވެ.

ޕެއިން ކްލިނިކުން ބުނި ގޮތުގައި ޑރ. ގޯތަމް މި މަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށް ބަލި މީހުން ބަލާނެ އެވެ. އަދި ޑރ. ގޯތަމް އެ ކްލިނިކުގައި ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި ޑޮކްޓަރު އެކި ދުވަސްވަރު އެ ކްލިނިކަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ތަދުތަކަށް ފަރުވާ ދިނުމުގައި 37 އަހަރުގެ ތަޖުރިބާ ހުރި ޑރ. ގޯތަމް އަކީ ޕެއިން ސްޕެޝަލިސްޓެކެވެ. ގިނަ ދުވަސްވީ ތަދުތަކާއި ހައްލު ނުލިބި ހުރި ތަދުތަކާއި އެކި ބަލިތަކާއި އިންޖަރީތަކުގެ ސަބަބުން ތަދު ތަހައްމަލު ކުރާ މީހުންނަށް ޑޮކްޓަރު ފަރުވާ ދޭނެ އެވެ.

ޕެއިން ކްލިނިކުން ޑރ. ގޯތަމްއަށް ކޮންސަލްޓޭޝަން އެޕޮއިންޓްމަންޓު ހެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ކްލިނިކުގެ ނަމްބަރު 7260892 އަށް ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން އެޕޮއިންޓްމަންޓު ހަމަޖެއްސޭނެ އެވެ.

ޕެއިން ކްލިނިކުން ބުނި ގޮތުގައި އެ ކްލިނިކުން ރާއްޖޭގައި ތަދުތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ފުޅާކުރުމަށް ޑަރާޑިއާ ހޮސްޕިޓަލާއި އެކު މަސައްކަތްކުރަމުން ދާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އިތުރު ޑޮކްޓަރުން ވެސް އެ ކްލިނިކަށް މި އަހަރު ޒިޔާރަތްކުރާނެ ކަމަށް ބުންޏެވެ.

ޕެއިން ކްލިނިކަކީ ރާއްޖޭގައި ތަދުތަކަށް ފަރުވާ ދިނުމަށް ހާއްސަ ހަމައެކަނި ކްލިނިކެވެ. މި ކްލިނިކުގައި ތަދު މެނޭޖުކުރުމަށް ތަފާތު އެކި ފަރުވާތައް ދެ އެވެ.

ޕެއިން ކްލިނިކް ހުންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި، ހަތަރު ވަނަ ފަންގިފިލާގަ އެވެ.