05 އެޕްރީލް 2024 - 09:02

އިރު މެދުޖެހެން ދިޔައިރު ފަތުރާލި ދިޔަ ދިލަ އަވިން ސަލާމަތްވާން އެންމެން ގެޔަަށް ވަދެ ތިބި އިރު، ތ. ތިމަރަފުށީގެ ބޮޑު މަގުގައި ހުރި ގެއެއްގެ އަސްކަނިން ލިބިފައި އޮތް ހިޔާކޮޅެއްގައި އަންހެނަކު އިނީ ބޮޑު ތައްޓަކަށް ބޮލިތަކެއް އަޅައިގެން އެ ސާފުކުރާށެވެ. އިހުގައި ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލީގެ ވަޅެއް ފެނިގެން އެ ނަގައިގެން އުޅެނީއޭ ހީވިޔަސް ވީ އެހެންނެއް ނޫނެވެ.







