04 އެޕްރީލް 2024 - 12:48

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދަތް ބްލީޗުކުރާ ޕޭޝަންޓުންނަށް ދަތް ސާފުކުރުމަށް ހަދާ "ސިމްޕަލް ސްކޭލިން" ޕްރޮސިޖާ ހިލޭ ހަދައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ ދުނިޔޭގެ ދަތުގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެ ހޮސްޕިޓަލުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދަތް ބްލީޗްކުރުމަކީ ދަތުގެ ކުލަ އަލި ކުރުމުގެ ގޮތުން ހަދާ ޕްރޮސިޖާއެކެވެ. "ސިމްޕަލް ސްކޭލިން"ގައި ދަތުގައި ހުންނަ ހުރިހާ ހަޑިއެއް ފިލުވާލާ، ދަތްތައް ސާފުކުރާނެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓުގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއި އެކު އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފެންވަރު ރަނގަޅު ފަރުވާ ދަނީ ދެމުންނެވެ.