03 އެޕްރީލް 2024 - 12:11

އުރީދޫން ތައާރަފްކުރި އަތޮޅު ދުވުން ގޭމުގައި މި މަހުގެ ލީޑާ ބޯޑުން އެއްވަނަ އަށް ދާ ކުޅުންތެރިއަކަށް އިންސްޓަ360 ކެމެރާއެއް ހުށަހަޅައިފި އެވެ.
މި އިނާމަކީ އުރީދޫން ސީގިއާ އާ ގުޅިގެން ހުށަހެޅި އިނާމެކެވެ. އަތޮޅު ދުވުމުގެ މި މަހުގެ ލެވަލްގައި ހިމަނާފައި ވަނީ ބ. އޭދަފުއްޓެވެ.
"އަތޮޅު ދުވުން" ގޭމަކީ "އެންޑްލެސް ރަނާ" ޖޯންރާއަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ދިވެހި ގޭމެވެ. މި ގޭމުގައި ރާއްޖޭގެ އެކި ރަށްތައް ހިމެނެ އެވެ. މި ގޭމުގައި ކޮންމެ މަހަކު ވެސް ތަފާތު ރަށަކަށް އާ ލެވަލެއްގެ ގޮތުގައި ދުވަން ދެވޭނެ އެވެ. މި ގޭމުގައި ޖުމްލަ 12 ލެވަލް ހިމެނެ އެވެ.
މި ގޭމުުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން ފެބްރުއަރީ މަހު ވަނީ ގޭމަށް ލީޑާބޯޑު ތައާރަފްކޮށް، ކޮންމެ މަހަކު ވެސް އިނާމު ހުށަހަޅަން ނިންމައިފަ އެވެ. މިދިޔަ މަހުގެ ލީޑާ ބޯޑުގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހެއްގެ އުމްރާ ދަތުރެކެވެ.
މި ގޭމަކީ މި އަހަރު އުރީދޫން ތައާރަފްކުރި ކަލަންޑަރުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ކުޅޭ ގޭމެކެވެ. މި ގޭމުގެ ކިއުއާރު ކޯޑު މިހާރު އުރީދޫން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.